- Advertisement -ad image

ސާފް ޗެމްޕިއަންޝިޕް: ފުރަތަމަ މެޗުން ރާއްޖެ ބަލިވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް

މިއަދު ފެށި ސާފްޗެމްޕިއަންޝިޕް ވިހި އަހަރުން ދަށުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ރާއްޖެ ބަލިވެއްޖެއެވެ.
މިއަދު ހަވީރު ރާއްޖެ އަދި ނޭޕާލް ބައްދަލު ކުރި މެޗުން ރާއްޖެ ބަލިވީ 4:0 ގެ ނަތީޖާ އަކުންނެވެ.
ނޭޕާލްއިން ފުރަތަމަ ލަނޑު ޖެހީ ފުރަތަމަ ހާފުގެ 41 ވަނަ މިނެޓްގައެވެ.
ނޭޕާލް އިން ލީޑު ފުޅާކުރީ 58 ވަނަ މިނެޓުގައި ސުގަމް ސުވަލްއެވެ. އޭގެ ހަތަރު މިނެޓު ފަހުން ނޭޕާލްއަށް ލިބުނު ޕެނަލްޓީއަކުން ރަޓްނާ ޗުންޗޫ ވަނީ ނޭޕާލްގެ ތިންވަނަ ލަނޑު ޖަހާފައެވެ.
މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ނޭޕާލްގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކުރީ މަނަގްޔާ ނަކާމީއެވެ.
މި މެޗްގައި ރާއްޖެއަށްވެސް ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނެވެ.
މުބާރާތުގައި ވާދަކުރަނީ ދިވެހިރާއްޖެ، އިންޑިއާ، ބަންގަލަދޭޝް، ސްރީލަންކާ އަދި ނޭޕާލެވެ.
މުބާރާތުގެ ދެވަނަ މެޗް މިމަހުގެ 29 ވަނަ ދުވަހު ކުޅޭއިރު ބައްދަލު ކުރުމަށް ތާވަލުކޮށްފައިވަނީ ރާއްޖެ އަދި ބަންގްލަދޭޝްއެވެ.
މިމަހުގެ 31 ވަނަ ދުވަހު ރާއްޖެ އާއި ސްރީލަންކާ ބައްދަލު ކުރާއިރު އޮގަސްޓް ދެވަނަ ދުވަހު ބައްދަލު ކުރާނީ ރާއްޖެ އަދި އިންޑިއާއެވެ.
މުބާރާތުގެ ފައިނަލްގައި ބައްދަލުކުރާނީ އެންމެ ގިނަ ޕޮއިންޓްލިބޭ ދެ ޓީމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ