- Advertisement -ad image

ވޯލްޑްކަޕާއި ދިމާކޮށް އިރާން އިން ކަނޑުގެ އަދި ވައިގެދަތުރުފަތުރު ފުޅާ ކުރަނީ

ad image

ގުޅުންހުރި ލިޔުންތައް

މިއަހަރު ފެށުމަށް ހަމަޖެހިފައިވާ ވޯރލްޑްކަޕާއި ދިމާކޮށް އިރާން އިން ކަނޑުގެ އަދި ވައިގެ ދަތުރުފަތުރު ފުޅާ ކުރުމާއެކު ވިސާ އަށް ލުއި ދިނުމަށް ވިސްނަމުން އަންނަކަން ހާމަކޮށްފިއެވެ. މިކަމުގައި އަމަލީގޮތުން ކަންކަން ކުރުމަށް އިރާން އާއި ގަތަރާއި ދެމެދު އެއްބަސްވުމަކާ ހަމައަށް ގޮސްފައިވާއިރު މިފަހަރު ވޯލްޑްކަޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ގަތަރުގައެވެ.

ގަތަރުގެ ޓްރާންސްޕޯޓް މިނިސްޓަރު ޖާސިމް ބިން ސައިފް ވަނީ އިރާނުގެ ރޯޑް މިނިސްޓަރާއި ބައްދަލު ކުރައްވާ މަޝްވަރާތައް ކުރުމަށް ރިސޯޓް އައިލެންޑް ކިޝްގައި މަޑުކުރައްވާފައެވެ.

ގަތަރުގައި އޮން ވޯރލްޑް ކަޕް ފެށުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ނޮވެމްބަރު މަހުގެ 21 ގައެވެ. އަދި މިމުބާރާތުގެ ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 18 ގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ