- Advertisement -ad image

ފިތުރު އީދާ ދިމާކޮށް މިފަހަރުވެސް ދިއްފުށީގައި ފުޓްސަލް ޗެލެންޖް ކަޕެއް

ad image

ގުޅުންހުރި ލިޔުންތައް

މިއަހަރުގެ ފިތުރު އީދާ ދިމާކޮށް ފުޓްސަލް ޗެލެންޖް ކަޕެއް ބާއްވަން ދިއްފުށީ އެކުވެރި ރޮޝަން ކްލަބުން ނިންމައިފިއެވެ.

އެގޮތުން މިޗެލެންޖް ކަޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ފިތުރު އީދު ދުވަހުގެ ގޮތުގައި ކަލަންޑަރުގައި ބުނެފައިވާ މެއި މަހުގެ ދެވަނަ ދުވަހުއެވެ. މި ކަޕްގައި ބައިވެރިވުމުގެ ފުރުަސަތު މިހާރު ހުޅުވާލާފައިވާއިރު ބައިވެރިވުމުގެ އެންމެ ފަހުގެ ތާރީހަކީ އެޕްރީލް މަހުގެ 30 ވަނަ ދުވަހެވެ. މުބާރާތުގައި ބައިވެރިވުމަށް 3000 ރުފިޔާގެ އެންޓްރީ ފީއެއް ކޮންމެ ޓީމަކުންވެސް ދައްކަންޖެހެއެވެ.

މި ޗެލެންޖް ކަޕުން އެއްވަނަ އަށް ދާ ޓީމަކަށް 15000 ރުފިޔާގެ ފައިސާގެ އިނަމެއް ދޭ އިރު މުބާރާތުން ދެވަނައަށް ދާ ޓީމަކަށް 5000 ރުފިޔާގެ ފައިސާގެ އިނާމަށް ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. ކޮންމެ އަހަރެއްގެވެސް ފިތުރު އީދާ ދިމާކޮށް މިފަދަ ޗެލެންޖް ކަޕްތައް ދިއްފުށީގައި އަންނަނީ ބާއްވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ