މެންޗެސްޓާ ޔުނައިޓެޑުގެ އައު ކޯޗަކަށް އަޔެކްސްގެ މިހާރުގެ ކޯޗު އެރިކް ޓެން ހާގް ހަމަޖައްސަން ނިންމައިފިއެވެ.
މެސްޗެްޓަރ ޔުނައިޓެޑްއަކީ އިނގިރޭސި ޕްރިމިއާ ލީގުގައި ވާދަކުރަމުން އަންނަ ކްލަބެކެވެ. ޔުނައިޓެޑުން ހާމަކޮށްފައިވާ ގޮތުގައި ޓެން ހާގް ޔުނައިޓެޑްގެ ކޯޗް ކަމާއި ހަވާލުވާނީ މިއަންނަ ސީޒަނުން ފެށިގެންނެވެ.
ތިން އަހަރު ދުވަހުގެ ކޮންޓްރެކްޓަރެއްގެ ދަށުން ޓެގް ޔުނައިޓެޑާ ހަވާލުވާއިރު މި ތިން އަހަރަށްފަހު އިތުރު އަހަރެއް އެޑް ކުރުމުގެ ފުރުސަތުވެސް އެބައޮތެވެ. މިހާރު ޔުނައިޓެޑްގެ ކޯޗުކަން ކުރަމުން އަންނަނީ ރަލްފް ރަންގްނިކް އެވެ. އޭނާ މިއަންނަ ސީޒަންގައި މަސައްކަތް ކުރާނީ ޔުނައިޓެޑްގެ ކޮންސަލްޓަންޓެއްގެ ގޮތުގައެވެ
ޓެން ހާގް ވަނީ ޔުނައިޓެޑްގެ ކޯޗުކަމާއި ހަވާލުވުމުގެ ފުރުސަތު ލިބުމަކީ ބޮޑު ޝަރަފެއްގެގޮތުގައި ސިފަކޮށްފައެވެ. އަދި ކުރިމަތީ އޮތް ގޮން ޖެހުންތަކާއި ކުރިމަތިލުމަށް ކެތް މަދުވެފައިވާކަމަށްވެސް ހާމަކުރިއެވެ.