- Advertisement -ad image

ތުރުކީ ސީރިއާ ބިންހެލުން: މި ކުޑަކުއްޖާ ބަލަން ހަވާލުވީ އާއިލާއިން ހަމައެކަނި ސަލާމަތްވި ބޮޑުދައިތަ އާއި ޅިޔަނު!

ad image

ގުޅުންހުރި ލިޔުންތައް

ސީރިއާގައި ވެއްޓިފައިވާ އިމާރާތެއްގެ ގާތަކުގެ ދަށުން އުފަންވި މި ތުއްތު ކުއްޖާ ބަލަން ހަވާލުވީ މި ބޮޑު ބިންހެލުމުގައި އެ އާއިލާއިން ހަމައެކަނި ސަލާމަތްވި ބޮޑުދައިތަ އާއި ބޮޑުބެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ. އެތައް ހާސް ބަޔަކު ވަނީ މި ތުއްތު ކުއްޖާ އެޑަޕްޓް ކުރަން ހުށަހަޅާފައި ކަމަށާއި ސަލާމަތް ކުރިއިރުވެސް އެ ކުއްޖާ އޮތީ އަމްބްލިކަލް ކޯޑުން މަންމަ އާއި ގުޅިފައި ކަމަށް ބީބީސީ އިން ރިޕޯޓް ކުރެއެވެ. މި ކުއްޖާ ހޮސްޕިޓަލުން ދޫކޮށްލީ ސަލާމަތްވި ހަމައެކަނި އާއިލާގެ މެންބަރު ބޮޑުދައިތަ އާއި ދެމީހުންގެ ޑީއެންއޭ ޓެސްޓް ދިމާވުމުންނެވެ. “ އޭނާ އަކީ މިހާރު އަހަރެންގެ ދަރިއެއް. އަހަރެން އޭނާ އާއި އަހަރެންގެ ދަރިން ތަފާތެއް ނުކުރާނަން” ބޮޑުދައިތަގެ ފިރިމީހާ ބުންޏެވެ. މިކުއްޖާ އަށް ކިޔާފައިވަނީ ވިހެއުމަށްފަހު މަރުވި އޭނާގެ މަންމަގެ ނަން އަފުރާއެވެ. ރިޕޯޓްތައް ބުނާ ގޮތުން މި ކުއްޖާ ސަލާމަތް ކުރީ ވިހޭތާ 10 ގަޑިއިރު ފަހުންނެވެ. ހޮސްޕިޓަލަށް ގެންދިޔައިރު މުޅި ގައިގެ އެކި ތަންތަނުން ވަނީ ކަނޑައިގެންވެސްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ