- Advertisement -ad image

ޝައްކު ކުރެވޭ ހާލަތެއްގައި އަންހެން ކޮންސްޓަބަލަކު މަރުވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް


އިންޑިއާގެ މަހްބޫބާބާދުގައި ހުންނަ ޑީއެސްޕީ އޮފީހުގައި ލިޔުންތެރިއެއްގެ ގޮތުގައި މަސައްކަތް ކުރާ އަންހެން ޕޮލިސް ކޮންސްޓަބަލަކު އާދީއްތަ ދުވަހު އަމިއްލައަށް މަރުވެއްޖެ އެވެ.
ނަމަވެސް މި މަރުގެ މައްސަލަ ފުލުހުން ބަލަމުންދަނީ މި އަންހެންމީހާގެ ފިރިމީގެ އާއިލާއިން އޭނާއަށް އިހާނެތިކޮށް ހިތާފައިވާތީ ޝައްކުރެވޭ ކަންތައްތަކެއް ހުރި ކަމަށް ބަލައިގެންމެވެ.
ފުލުހުން ބުނީ މަރުވެފައިވަނީ ހަނަމްކޮންޑާ ޑިސްޓްރިކްޓްގެ ވަޑެޕަލީ ކޮލޮނީގައި ދިރިއުޅޭ މައުނިކާ، 30، ކަމަށެވެ.

މަރުވި މީހާގެ މައިންބަފައިންނާއި ގާތްތިމާގެ މީހުން ތުހުމަތު ކުރާ ގޮތުގައި މައުނިކާ މަރާލީ މީގެ ހަތް އަހަރު ކުރިން ކައިވެނި ކުރި ފަހުން މެދުނުކެނޑި އުނދަގޫ ކުރަމުން ދިޔަ ފިރިމީހާ އާއި އާއިލާ މީހުންނެވެ.

އެމީހުން ތުހުމަތު ކުރި ގޮތުގައި ކަރާއި ހަށިގަނޑުގައި އަނިޔާކޮށްފައިވާ ނިޝާންތަކެއް ހުއްޓެވެ.
މައުނިކާ އާއި އޭނާގެ ފިރިމީހާ، ވަރަންގަލް ޓައުންގެ ސްރީދަރަށް ދެ ކުދިން ލިބިފައިވާއިރު، އެ ކުދިންގެ ހައްގުގައި ފިރިމީހާގެ އުނދަގޫ ތަހައްމަލު ކުރަމުން ދިޔަ ކަމަށް މައުނިކާގެ ގާތް މީހަކު ބުންޏެވެ.
އާދީއްތަ ދުވަހުގެ ހެނދުނު މައުނިކާގެ މަރުގެ މައުލޫމާތު ލިބުމާއެކު އޭނާގެ ގާތްތިމާގެ މީހުން ވަނީ އެމްޖީއެމް ހޮސްޕިޓަލަށް ގޮސް ޝްރީދަރާއި އޭނާގެ ގާތްތިމާގެ މީހުންނަށް ހަމަލާދޭން މަސައްކަތްކޮށްފަ އެވެ.
ނަމަވެސް ފުލުހުން ވަނީ ނުރަނގަޅު ހާދިސާއެއް ހިނގާފާނެ ކަމަށް ބަލައި ސްރީދަރާއި އޭނާގެ ގާތްތިމާގެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މައުނިކާގެ މައިންބަފައިން ބުނި ގޮތުގައި ސްރީދަރު ކުރިން ފައިނޭންސް ވިޔަފާރިއެއް ހިންގި ނަމަވެސް މަސައްކަތް ހުއްޓާލައި ބަނގުރަލަށް ދެވިހިފި އެވެ. އަދި އޭނާ އާއި އޭނާގެ މައިންބަފައިންނާއި ކޮއްކޮއިން މައުނިކާއަށް އުނދަގޫ ކުރަން ފެށީ އެހިސާބުން ކަމަށް މައުނިކާގެ އާއިލާއިން ތުހުމަތު ކުރި އެވެ.

މައުނިކާގެ އެކުވެރިޔަކު ބުނީ، މައުނިކާއަކީ ދިރިއުޅުން އެހާ ފަސޭހައިން ނިންމާލާނެ އަންހެނެއް ނޫން ކަމަށެވެ. ކުރިން ޕްރޮފެޝަނަލްކޮށް އަދި ޕާސަނަލީ ވެސް އޭނާގެ ހުރިހާ ކޮންސްޓަބަލްތަކަށް އައު އެތައް ކަމެއް މައުނިކާ ދިޔައީ ދަސްކޮށްދެމުން ކަމަށް އެކުވެރިޔާ ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ