Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ޖަޕާނުގެ އުތުރަށް 7.5 މެގްނިޓިއުޑްގެ ބިންހެލުމެއް، 23 މީހުންނަށް އަނިޔާވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް

ރޭ ޖަޕާނުގެ އިރުއުތުރުގައި 7.5 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އައުމުގެ ސަބަބުން 23 މީހުންނަށް އަނިޔާވެ، ސުނާމީގެ އިންޒާރުތައް ދިނުމަށް ފަހު، ގަޑިއިރުތަކެއް ފަހުން އެޑްވައިޒަރީއަކަށް ބަދަލުކޮށްފިއެވެ. 

ޖަޕާން މީޓިއޮރޮލޮޖިކަލް އޭޖެންސީ (ޖޭއެމްއޭ) އިން ފުރަތަމަ ބުނެފައިވަނީ ބިންހެލުން އައީ އާދިއްތަ ދުވަހުގެ ރޭ 11:15 (14:15 ޖީއެމްޓީ) ގައި ކަމަށާއި، ބިންހެލުމަށް ފަހު ޖަޕާނުގެ އިރުއުތުރުގެ އައްސޭރިއަށް 3 މީޓަރު (10 ފޫޓު) ގެ އުސްމިނުގެ ސުނާމީއެއް އަރާފާނެ ކަމަށް ބެލެވުނު ކަމަށެވެ. ބިންހެލުން އުފެދުނީ (އެޕިސެންޓަރ) އައީ އައޮމޮރީ ޕްރިފެކްޗަރގެ އައްސޭރިން 50 މޭލު ބޭރުން، 50 ކިލޯމީޓަރު އަޑިން ކަމަށް ޖޭއެމްއޭ އިން ބުނެއެވެ. މި ބިންހެލުމާއި ގުޅިގެން ހޮކައިޑޯ، އައޮމޮރީ އަދި އިވާޓޭގެ ޕްރިފެކްޗަރުތަކަށް ސުނާމީގެ އިންޒާރު ދީފައިވާއިރު، ބައެއް ބަނދަރުތަކަށް 20 ސެންޓިމީޓަރާއި 70 ސެންޓިމީޓަރާ ދެމެދުގެ ސުނާމީގެ ރާޅުތައް އަރާފައިވާކަން ވަނީ ފާހަގަކުރެވިފައެވެ.

އަންގާރަ ދުވަހުގެ ފަތިސް ވަގުތާ ހަމައަށް ޖޭއެމްއޭ އިން ވަނީ ސުނާމީގެ އިންޒާރުތައް އެޑްވައިޒަރީއަކަށް ބަދަލުކޮށްފައެވެ. މިއީ ރާޅުގެ އުސްމިން ދަށްވެ، ފެންބޮޑުވުމުގެ ނުރައްކާ ކުޑަވުމުގެ ސަބަބުންނެވެ. ފަޔަރ އެންޑް ޑިޒާސްޓަރ މެނޭޖްމަންޓް އެޖެންސީން ބުނީ ބިންހެލުމުގެ ސަބަބުން 23 މީހުންނަށް އަނިޔާވެފައިވާ ކަމަށާއި، އޭގެ ތެރެއިން އެކަކުގެ ހާލު ސީރިއަސް ކަމަށެވެ. ގިނަ އަނިޔާވެފައިވަނީ ވެއްޓުނު ތަކެތީގެ ސަބަބުން ކަމަށް އެންއެޗްކޭ އިން ރިޕޯޓުކުރެއެވެ. ހަޗިނޯހޭގެ ހޮޓަލަކުން ބައެއް މީހުންނަށް އަނިޔާވި އިރު، ތޮހޮކޫގައި ހުރި މީހެއްގެ ކާރު ވަޅަކަށް ވެއްޓި ކުޑަކޮށް އަނިޔާވެފައިވެއެވެ.

ޕެސިފިކް ސުނާމީ ވޯނިން ސެންޓަރުން ބުނި ގޮތުގައި ހޮކައިޑޯ ބިންހެލުމުގެ ސަބަބުން ޖަޕާނާއި ރަޝިޔާގެ އައްސޭރިފަށުން އެޕިސެންޓަރުން 1،000 ކިލޯމީޓަރު ދުރުގައި ނުރައްކާތެރި ސުނާމީ ރާޅުތައް އައުމުގެ ފުރުސަތު އެބައޮތެވެ. އެހެންކަމުން ބޮޑުވަޒީރު ސަނާއޭ ތަކައިޗީ ވަނީ އަސަރުކުރި ސަރަހައްދުތަކުގެ ރައްޔިތުންނަށް އަވަހަށް ފިޔަވަޅު އެޅުމަށް އިލްތިމާސްކުރައްވާފައެވެ. ކެބިނެޓްގެ އިސް ސެކްރެޓަރީ މިނޯރު ކިހާރާ ވެސް ވަނީ އެޑްވައިޒަރީތައް ނެގުމާ ހަމައަށް ރައްކާތެރި ހިސާބުތަކަށް ނުވަތަ އުސް ހިސާބުތަކަށް ދިޔުމަށް ރައްޔިތުންނަށް ގޮވާލައްވާފައެވެ. އޭނާ ވިދާޅުވީ ގާތްގަނޑަކަށް 800 ގެއަކުން ކަރަންޓުގެ ހިދުމަތް ކެނޑިފައިވާ ކަމަށާއި، 480 ވަރަކަށް ރައްޔިތުން ހަޗިނޯހޭ އެއާބޭސްގައި ހިމާޔަތް ހޯދަމުން އަންނަ ކަމަށެވެ. އަދި ދިފާއީ ވަޒީރު ޝިންޖިރޯ ކޮއިޒޫމީ ވިދާޅުވީ ގެއްލުންތައް ބެލުމަށް 18 ދިފާއީ ހެލިކޮޕްޓަރު ނެރެފައިވާ ކަމަށެވެ.

ޖަޕާނަކީ ދުނިޔޭގައި އެންމެ ގިނައިން ބިންހެލުން އަންނަ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. މުޅި ދުނިޔޭގައި އަންނަ 6.0 މެގްނިޓިއުޑް ނުވަތަ އެއަށްވުރެ ބޮޑެތި ބިންހެލުންތަކުގެ ތެރެއިން ގާތްގަނޑަކަށް 20 އިންސައްތަ ބިންހެލުން އަންނަނީ ޖަޕާނުގައެވެ. 2011 ވަނަ އަހަރުގެ މާޗް މަހު 9.0 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމަކާއި ސުނާމީއެއްގެ އަސަރު ޖަޕާނަށް ވަނީ ކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ