- Advertisement -ad image

މަސްޖިދުއް ނަބަވީގައި އަޖައިބު ކުރަނިވި ހާދިސާއެއް: އުމުރާވެރިޔާ ހިތް ހުއްޓުނުތާ 10 މިނެޓް ފަހުން ހިތްހިނގަން ފަށައިފި

ad image

ގުޅުންހުރި ލިޔުންތައް

މަދީނާގެ ސިއްހީ ދާއިރާގެ އިމަޖެންސީ ރެސްޕޮންސް ޓީމަކުން މަސްޖިދުއް ނަބަވީގައި ޕާކިސްތާނުގެ އުމްރާއަށް ދިޔަ މީހެއްގެ ފުރާނަ ސަލާމަތްކުރީ އޭނާގެ ހިތް 10 މިނެޓަށް ވުރެ ގިނައިރު ހުއްޓިފައިވަނިކޮށެވެ.

މިސްކިތުގެ ގޯތިތެރޭގައި ތިބި މެޑިކަލް ޓީމުގެ ސަމާލުކަމަށް މި 70 އަހަރުގެ މީހާ އައިސްފައިވަނީ ހޭހުސްވެގެން ވެއްޓިފައި ވަނިކޮށެވެ.
އެ ބަލިމީހާއަށް ވަގުތުން އެމްބިއުލާންސްގައި ފަރުވާ ދިނުމުން އެނގުނީ ކާޑިއަކް އެރެސްޓް އަދި ނޭވާލާން އުނދަގޫތަކެއް ކުރިމަތިވެފައިވާކަމެވެ.

މެޑިކަލް ސްޓާފުން ވަގުތުން ސީޕީއާރު ދޭން ފެށީ ދިހަ މިނެޓަށް ވުރެ ގިނައިރު ކަރަންޓު ޝޮކް ދީގެން ހިތް އަނެއްކާވެސް ތެޅެން ފެށުމުންނެވެ.
އެއަށްފަހު ބަލިމީހާ އަލްސަފިޔާ ހެލްތްކެއާ ސެންޓަރަށް ބަދަލުކޮށް ފަރުވާ ނިންމާލުމަށްފަހު، އޭނާގެ ހާލަތު ހަމައަކަށް އެޅި، ޑިސްޗާޖް ކުރިއެވެ.

ފާހަގަކޮށްލެވޭ ކަމަކީ މިއަހަރު ފެށުނުފަހުން އަލްސާފިޔާ މަރުކަޒުން ވަނީ ހިތުގެ ނާކާމިޔާބީގެ ހަތް މައްސަލައަކާއި ނޭވާލާ ނިޒާމުގެ ސީރިއަސް ބަލިތަކުގެ 48 މައްސަލައަކާއި ހާޓް އެޓޭކެއް ޖެހުނު އަށް މައްސަލައަކަށް މަސްޖިދުއް ނަބަވީ މިސްކިތުގެ ގޯތިތެރޭގައި ފަރުވާ ދީފައިކަމެވެ.

ގުޅުންހުރި ލިޔުންތައް

2 ޚިޔާލު

  1. އާދަޔާ ހިލާފުކަމެއް ނޫން ސައިންޓިފިކަލީ ޕޫރޫވަންކަމެއް.. ތިޔަށް ކިޔަނީ ކުލިނިކަލް ޑެތު.. އެހާލަތުގަ އޮންނަ މީހަކުު އަނބުރާ ގެނެވިދާނެ އެ ހާލަތުގަ އޮންނަތާ 12 ނުވަތަ 15 މިނެޓު ފަހުންވެސް.. އޭގެ ފަހުން ބްރެެއިން ޑެޑް ނުުވަަތަ ސިކުނޑި މަރުވާނެ.. އެއީ ބަޔޮލޮޖިކަލް ޑެތު ނުވަތަ މިކިޔާ ހަޤީޤީ މަަރުވުުން..

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ