- Advertisement -ad image

ސައިކަލުގައި މައްކާއަށް ދިޔަ ޢުމްރާވެރިޔާ، މައްކާއަށް ދިޔަފަހުން ނިޔާވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް


އަރަބި މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޖަރުމަނުން މައްކާއަށް ސައިކަލުގައި ދުއްވާފައި ދިޔަ ސީރިއާގެ އުމުރާވެރިއަކު ނިޔާވެއްޖެ އެވެ.
73 ދުވަހުގެ ދަތުރަށް ފަހު ޖަރުމަނުގައި ދިރިއުޅެމުން އަންނަ ހުމްސްގެ ސީރިއާއަށް އުފަން އުމުރުން 53 އަހަރުގެ ޣާޒީ ޖާސިމް ޝެހާދޭ މަސްޖިދުލް ހަރަމަށް ދިޔައެވެ.
ޝެހާދޭ ވަނީ އޭނާގެ ދަތުރު ސޯޝަލް މީޑިއާގައި ޑޮކިއުމެންޓް ކޮށް އޭނާގެ ތަޖުރިބާތަކާއި ދަތިތައް އޭނާގެ ފޮލޯވަރުންނާ ހިއްސާކޮށްފަ އެވެ.
ހަބަރުތައް ބުނާގޮތުން ޝެހާދޭ އުއްމީދު ކުރީ އިސްލާމްދީނަަށް ވަފާތެރިކަން ދައްކައިދިނުމުގެ ގޮތުން މައްކާއަށް ކުރި ދަތުރު ނިންމާލުމަށެވެ.
ޝެހާދޭ ނިޔާވީ މައްކާގެ މާތް މިސްކިތަށް ދިޔަ މަގުމަތީގަ އެވެ. މަސްޖިދުލް ހަރަމްގައ އޭނާއަށް ދުޢާ ކުރުމަށްފަހު، މައްކާގައި ވަޅުލިއެވެ.

ޝެހާދޭގެ މިދަތުރަށް ގިނަ ބައެއްގެ ތައުރީފު ލިބިފައިވާއިރު، އޭނާ ނިޔާވުމުން އެތައް ބަޔަކު ވަނީ ހިތާމަ ފާޅުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ