- Advertisement -ad image

ކޮންމެ އުމުރެއްގެ އަންހެނަކަށްވެސް މަހުރަމަކާއި ނުލާ ހައްޖާއި އުމްރާއަށް މިހާރު ދެވޭނެ

ad image

ގުޅުންހުރި ލިޔުންތައް


ފިރިހެން ވަލީވެރިޔަކު ނުވަތަ މަޙްރަމެއް ނެތި ޙައްޖާއި ޢުމްރާ ކުރަން ބޭނުންވާ މުސްލިމް އަންހެނުންނަށް އުފާވެރި ޚަބަރެއް ލިބިއްޖެއެވެ.
ސައުދީ އަރަބިއްޔާ ސަރުކާރުން މިހާރު ވަނީ މަހްރަމް ނުވަތަ ފިރިހެން ވަލީވެރިޔަކާއެކު ނުގޮސް ހައްޖާއި އުމްރާ ކުރުމަށް ސައުދީއަށް އައުމުގެ ހުއްދަ ހުރިހާ އުމުރެއްގެ މުސްލިމް އަންހެނުންނަށް ދީފަ އެވެ.
މިކަން އިއުލާން ކުރެއްވީ ސައުދީގެ މިނިސްޓަރު އޮފް ހައްޖު އެންޑް އުމްރާ ތައުފީގު ބިން ފައުޒާން އަލް ރަބިއާ މިސްރުގެ ޤާހިރާގައި ހުންނަ ސައުދީ އެމްބަސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
މީގެ އިތުރުން ހައްޖާއި އުމްރާގެ ހިދުމަތުގެ އެޑްވައިޒަރު އަހުމަދު ޞާލިހް ހަލަބީ ވިދާޅުވީ އަންހެނުންނަށް މިހާރު މަހްރަމަކާ ނުލައި ހައްޖާއި އުމްރާ ކުރެވޭނެ ކަމަށާއި ނަމަވެސް އަދިވެސް އިތުބާރު ހުރި އަންހެނުން ނުވަތަ ސެކިއުރިޓީ ކުންފުނިތަކެއް އެކުގައި ތިބެން ޖެހޭ ކަމަށެވެ.
ހަލަބީ އިތުރަށް ވިދާޅުވީ އާ ނިންމުމަކީ މިދިޔަ މާޗް މަހު މިސްރުގެ އަލް އަޒްހަރު އަލް ޝަރީފްގެ ފަތުވާގެ ސުޕަވައިޒަރު އައްބާސް ޝޯމާން އިއުލާން ކުރެއްވި އިއުލާނާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ.
ކުރީގެ ގަވާއިދުގެ ދަށުން 45 އަހަރުން ދަށުގެ އަންހެނުން ހައްޖަށް ނުވަތަ އުމްރާއަށް ދަތުރުކުރާއިރު މަހްރަމް ނުވަތަ ފިރިހެން ވަލީވެރިއަކު އެކުގައި ހުންނަން ޖެހެ އެވެ. ސައުދީ ސަރުކާރުން ވަނީ މަހްރަމަކާއި އެކު ނުގެންގޮސް އަތުލައިގަންނަ ކޮންމެ އަންހެން ހައްޖުވެރިޔަކު 50،000 ރުފިޔާއިން ޖޫރިމަނާކޮށްފަ އެވެ.
މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން ސައުދީ ސަރުކާރުން ވަނީ މަހްރަމް ޝަރުޠު އުވާލައި، ގްރޫޕެއްގައި ދާ ޝަރުތުތަކުގެ މަތިން މަޙްރަމަކާ ނުލައި ހައްޖާއި އުމްރާ ކުރުމުގެ ހުއްދަ ދީގެން ކުރީގެ ގަވާއިދުތައް ލުއި ކުރަން ފަށާފައެވެ.
ސައުދީ އަރަބިއްޔާގެ ހައްޖު އެންޑް އުމްރާ މިނިސްޓަރު އެންމެ ފަހުން އިއުލާން ކުރެއްވީ މަހްރަމަކާއި ނުލައި ހައްޖުގެ އަޅުކަން އަދާކުރުމަށް ހުރިހާ އުމުރެއްގެ އަންހެނުންނަށް ހައްޖާއި އުމްރާގެ ޝަރުތުތަކަށް ލުއި ދިނުމަށެވެ.
ސައުދީ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާގެ ކުރީގެ އެޑްވައިޒަރު އިބްރާހިމް ހުސެއިން ވިދާޅުވީ ސައުދީ ވިޝަން 2030 އަށް ބިނާކޮށް ހައްޖުވެރިންނަށް ހައްޖާއި އުމްރާ ކުރުމަށް ހުރިހާ ވަސީލަތްތަކެއް ފޯރުކޮށްދީފައިވާ ކަމަށެވެ.
ހުސެއިން ވިދާޅުވި ގޮތުގައި މިނިސްޓްރީން ނިންމި ނިންމުމަކީ މަހްރަމް ހޯދަން ދަތިވެފައިވާ އަންހެނުންނަށް ފަސޭހަވާނެ ނިންމުމެކެވެ.
އެންމެ ފަހުގެ ނިންމުމުގެ އިތުރުން ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރުން ހިމެނޭ ގޮތަށް މުސްލިމުންނަށް ހައްޖާއި ޢުމްރާގެ އަޅުކަން ކުރުމަށް ފަސޭހަ ކުރުމަށްޓަކައި އެހެން ކަންތައްތައް ވެސް ސައުދީ އަރަބިއްޔާއިން ދަނީ ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. ކަރުގަ ކައްޓެއް ނުޖަހަންޏާ ކޮންމެ އެއްޗެއްވެސް ކެވޭނެއެވެ. އަންހެނުންނަށް މަހްރަމަކާއި ނުލާ ދަތުރު ނުކުރެވެނީ ސައުދީ ސަރުކާރުން ހުއްދަ ނުދޭތީއެއް ނޫނެވެ. އިސްލާމް ދީނުގައި އެކަން ހުއްދަ ނުވާތީއެވެ. އެހުކުމެއް ބަދަލެއް ނުވެއެވެ.

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ