ވައި ނުސާފުވުމުގެ ސަބަބުން މި އަހަރުގެ މިހާތަނަށް 1.3 މިލިޔަން މީހަކު ބަލިވެފައިވާ ކަމަށް ތައިލެންޑުގެ ޢާންމު ޞިއްޙަތާ ބެހޭ އިދާރާއިން ހާމަކޮށްފިއެވެ.
އަދި ނުރައްކާތެރި ނުސާފުވައިގެ ސަބަބުނަ ނިމިގެންދިޔަ ހަފުތާގައި އެކަނިވެސް ބެންކޮކްގެ 200،000 އަށްވުރެ ގިނަ މީހުން ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްފައިވެއެވެ.
ކަމާބެހޭ އޮފިޝަލުން ހާމަކުރާ ގޮތުގައި ބެންގްކޮކުގެ ވައި ނުސާފުވެފައި ވަނީ، އެއްގަމު އުޅަނދުފަހަރުންނާއި، ސިނާޢީ މަސައްކަތްތައް ކުރާ ކާރުޚާނާތަކުންނާއި، ދަނޑުބިންތަކުގައި ރޯކުރާ އަލިފާންގަނޑުތަކުގެ ސަބަބުން އަރާ ދުމުގެ ސަބަބުންނެވެ.
އަދި، ބެންގްކޮކުގެ ހުރިހާ ސަރަޙައްދެއްގައި ނުރައްކާތެރި “ހޭޒް” އެއް ފެތުރިފައިވާ ކަމުގައި އޮފިޝަލުން ވިދާޅުވިއެވެ.
11 މިލިޔަން މީހުންގެ އާބާދީ ބެންގްކޮކްގައި އޮތްއިރު މިއީ ފަތުރުވެރިންނާއި ވިޔަފާރިވެރިންގެ މެދުގައި ވަރަށް މަޤުބޫލު މަންޒިލެކެވެ.
