- Advertisement -ad image

ގަވައިދާ ހިލާފަށް އުޅުނު 17 ހާހަށްވުރެ ގިނަ މީހުން ހަފުތާއެއް ތެރޭ ސައުދީން ހައްޔަރުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


ސައުދީ އަރަބިއްޔާގެ އެކި ސަރަހައްދުތަކުން ރެޒިޑެންސީ އާއި ލޭބަރ ގާނޫނުތަކާއި ބޯޑަރު ސެކިއުރިޓީ ގަވާއިދުތަކާ ހިލާފުވެގެން 17،092 މީހުން ހަފްތާއެއް ތެރޭގައި ހައްޔަރުކޮށްފިއެވެ.
މިނިސްޓްރީ އޮފް އިންޓީރިއާ އިން ބުނާ ގޮތުގައި މި މީހުން ހައްޔަރުކޮށްފައި ވަނީ މާޗް މަހުގެ ދެވަނަ ދުވަހުން 8 އަށް މިދިޔަ ހަފްތާގެ ތެރޭގައި މުޅި ސައުދީގެ ސަލާމަތީ ބާރުތަކުގެ އެކި ޔުނިޓްތަކުން ކުރިއަށް ގެންދިޔަ ޖޮއިންޓް ފީލްޑް ކެމްޕޭންތަކުގަ އެވެ.
ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ ރެޒިޑެންސީ ނިޒާމާ ހިލާފު 9،875 މީހުންނާއި ބޯޑަރު ސެކިއުރިޓީ ގަވާއިދާ ހިލާފު 4،784 މީހުންނާއި ލޭބަރ ގާނޫނުތަކާ ހިލާފު 2،433 މީހުންނެވެ.
އިތުރު 936 މީހުން ހައްޔަރުކޮށްފައިވަނީ ބޯޑަރު ހުރަސްކޮށް ސައުދީ ތެރެއަށް ވަންނަން އުޅެނިކޮށެވެ. މީގެތެރެއިން 50 އިންސައްތަ މީހުންނަކީ ޔަމަނުގެ މީހުންނާއި، 47 އިންސައްތަ މީހުންނަކީ އިތިއޮޕިއާ މީހުންނާއި، %3 މީހުންނަކީ އެހެން ޤައުމުތަކުގެ މީހުން ކަމަށާއި، ސައުދީ އަރަބިއްޔާއިން ނުކުންނަން ބޯޑަރު ހުރަސްކުރަން އުޅުނު 99 މީހުން ވެސް ހައްޔަރުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ