- Advertisement -ad image

ފަލަސްތީނު ރައްޔިތުން ނިކުމެ ރަމަޟާންމަހަށް މަސްޖިދުލް އަގުސާ ސާފުކޮށް ތަރުތީބުކޮށްލައިފި

ad image

ގުޅުންހުރި ލިޔުންތައް


ރަމަޟާންމަހަށް މަރުހަބާ ކިއުމަށްޓަކައި ފަލަސްތީނު ރައްޔިތުން ނިކުމެ މަސްޖިދުލް އަގުސާ ސާފުކޮށް ނަމާދު ކުރެވޭނެހެން ތަރުތީބުކޮށްލައިފިއެވެ.
ސޯޝަލްމީޑިއާގައި ދައުރުވަމުންދާ ފޮޓޯ އަދި ވީޑިއޯތަކުން ފެންނަނ ގޮތުން މަސްޖިދުލް އަގުސާ ސާފުކުރުމުގައި ފަލަސްތީނުގެ ކުދި ބޮޑު އެންމެން ހަރަކާތްތެރިވަމުންދެއެވެ.

މިހަރަކާތުގައި އިސްވެ އުޅޭ އަންހެނަކު ބުނީ ކޮންމެ އަހަރަކުވެސް ރޯދައަށް އަގުސާ މިސްކިތް ސާފު ކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދާ ކަމަށެވެ. އެގޮތުން މިއަހަރުވެސް 186 ބަހުގައި ފަލަސްތީނުގެ އެކި ހިސާބުތަކުން މީހުން އަގުސާ މިސްކިތް ސާފު ކުރުމަށް އައިސްފައިވާ ކަމަށް އޭނާ ބުންޏެވެ.
“ އަދި އެންމެ އުފާވާ ކަމަކީ މި މަސައްކަތުގައި ގިނަ އަންހެންތަކަކަަށް ބައިވެރިވުމުގެ ފުރުސަތު ލިބުން. ކުޑަ ކުދިންވެސް ވަރަށް އުފާވެފައި ތިބެ ސާފު ކުރުމުގައި އުޅުނުތަން އަހަރެން ދުށިން. މިއީ އާދަޔާ ހިލާފު ހިތްހަމަޖެހުމެއް ލިބޭ ކަމެއް “ އެ މީހާ ބުނެފައިވެއެވެ.

ފަލަސްތީނުގެ ރައްޔިތުން އުއްމީދު ކުރަނީ މި ބަރަކާތްތެރި ރަމަޟާންމަހު އެއްވެސް ހަމަނުޖެހުމެއް ނެތި މަސްޖިދުލް އަގުސާގައި އަޅުކަންތައް އަދާކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ