- Advertisement -ad image

އުމުރާވެރިން ފޮޓޯ ނެގުމުގައި މަސްއޫލުނުވުމަށް ސައުދީގެ ކަމާބެހޭ މިނިސްޓްރީން އިލްތިމާސްކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


އުމުރާގެ އަޅުކަން ކުރުމަށް މައްކާއަށްދާ ފަރާތްތަކުން މުގަސްދަސް ތަންތަނަށް އިހުތިރާމު ކުރުމާއެކު އަހުލާގީ މިންގަނޑު ހިފަހައްޓާ ފޮޓޯނެގުމުގައި މަސްއޫލުނުވުމަށް ސައުދީގެ ހައްޖު އަދި އުމްރާ މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.
މިނިސްޓްރީން ބުނީ ހަރަމްފުޅަށް ޒިޔާރަތްކުރާ ފަރާތްތަކުން ފޮޓޯ ނެގުމުގައި މަޝްޣޫލުވެގެން ނުވާނެ ކަމަށާއި، ނަމަވެސް އަޅުކަން ކުރުމަށް ސަމާލުކަން ދޭން ޖެހޭ ކަމަށެވެ.

އަދި ފޮޓޯ ނަގާއިރު، އެހެންމީހުންގެ ހުއްދަ ނެތި އެމީހުން ފޮޓޯއަށް އަރުވައިގެން ނުވާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
“ފޮޓޯ ނެގުމަށް ހުއްޓުމުން ތޮއްޖެހުން އިތުރުވޭ. މިފަދަ ކަންކަމުން ހުރިހާ ފަރާތްތަކުން ދުރުހެލިވެ ތިބުމަށް އިލްތިމާސްކުރަން” މިނިސްޓްރީން ބުނެފައިވެއެވެ.
ސައުދީގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާ މިނިސްޓްރީން ބުނީ މައްކާއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ނިޒާމު ކަށަވަރުކުރުމަށްޓަކައި، ދެ ޙަރަމްފުޅުގެ ކަންކަމާބެހޭ ޖެނެރަލް ޕްރެޒިޑެންސީން ފީލްޑް ޓުއާތަކެއް އިންތިޒާމުކުރާކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ