- Advertisement -ad image

ބަންގްލަދޭޝްގެ އިންތިޚާބު: ބޮޑުވަޒީރު ޝެއިޚް ހަސީނާ ހަތަރުވަނަ ދައުރަކަށް އިންތިޚާބު ކާމިޔާބު ކުރައްވައިފި

ad image

ގުޅުންހުރި ލިޔުންތައް

ބަންގްލަދޭޝްގެ އާންމު އިންތިޚާބުގައި ބޮޑުވަޒީރު ޝެއިޚް ހަސީނާ ވަނީ އަވާމީ ލީގު ޕާޓީގެ ފަސްވަނަ ދައުރެއް ހޯއްދަވައިފައެވެ.

ވޯޓު ގުނުމުން އަވާމީ ލީގުގެ ކުރީކޮޅު ލީޑު އޮތްކަން ހާމަވެފައިވާއިރު، އާދީއްތަ ދުވަހު 224 ގޮނޑީގެ ތެރެއިން 216 ގޮނޑި ކާމިޔާބުކޮށްފައިވާއިރު، ބާކީ ހުރި ގޮނޑިތަކުގެ ނަތީޖާ ނުނިމި އޮތް ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

އިންތިޚާބުގައި ވޯޓުލާ މީހުންގެ ބައިވެރިވުން މަދުކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން ތައް އަމާޒުވި ނަމަވެސް ހަސީނާގެ ކާމިޔާބީއާއެކު ބަންގްލަދޭޝްގެ ޑިމޮކްރެޓިކް މަރުހަލާއާއި ސިޔާސީ މަސްރަހާމެދު ސުވާލު އުފެދެއެވެ. އިންތިޚާބީ މަރުހަލާއާ މެދު ކަންބޮޑުވުން ފާޅުކުރި ނަމަވެސް ސިޔާސީ މައިދާނުގައި ހަސީނާގެ ޕާޓީގެ ބާރު ގަދަކަން މި ނަތީޖާއިން ދައްކުވައިދެ އެވެ.

އާދީއްތަ ދުވަހު ބޭއްވި އާންމު އިންތިހާބާ ދިމާކޮށް އެގައުމުގައި ސިޔާސީ ހަމަނުޖެހުންތަކެއް އުފެދުނެވެ. އެގޮތުން ވޯޓު ލުމުގެ ކުރިން ވޯޓުލާ މަރުކަޒުތަކުގައި ރޯކޮށްލާފައިވާއިރު، ރޭލުގައި ހިނގި އަލިފާނުގެ ހާދިސާގައި ދެ ކުޑަކުދިންނާއެކު ހަތަރު މީހަކު މަރުވެފައިވާ ކަމަށް ރޮއިޓާސް އިން ބުނެއެވެ.

އިގްތިސާދީ މައްސަލަތަކަކާ ކުރިމަތިލާން ޖެހިފައިވާ ބަންގްލަދޭޝްއިން، މިދިޔަ އަހަރު އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ގާތްގަނޑަކަށް ފަސް ބިލިއަން ޑޮލަރުގެ ލޯނެއް ވެސް ނަގަން ޖެހުނެވެ.

2009 ވަނަ އަހަރުން ފެށިގެން ވެރިކަމުގައި ހުންނެވި ހަސީނާ ވެރިރަށް ޑާކާގައި ވޯޓު ލެއްވިއިރު، އެކަމަނާ އަށް ލިބިވަޑައިގެންނެވި ކާމިޔާބީއަކީ އަވާމީ ލީގުގެ ކޯލިޝަނަށް ލިބުނު ޖުމްލަ ފަސް ވަނަ ކާމިޔާބީއެވެ.

ރައްޔިތުންގެ ޑިމޮކްރެޓިކް ޙައްޤުތަކާއި، ރަނގަޅު ދިރިއުޅުމެއް ލިބުމުގެ ޙައްޤުވެސް މިވަނީ ޤާއިމުކުރެވިފައި ކަމަށާއި އެއީ އެންމެ ބޮޑު އަމާޒުކަމަށް ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ހަސީނާ ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ