ގާހިރާ (މާޗް 17) – ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ މިހާރުން މިހާރަށް ހުއްޓާލުމަށާއި އިސްރާއީލުގެ ހަމަލާތައް ހުއްޓާލަން ޖެހޭ ކަމަށް މިސްރު-ޔޫރަޕްގެ ސަމިޓުން ބުނެފި އެވެ.
ސަމިޓަށްފަހު ބޭއްވި ޖޮއިންޓް ޕްރެސް ކޮންފަރެންސްގައި މިސްރުގެ ރައީސް އަބްދުލް ފައްތާހު އަލް ސީސީ ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ނުރައްކާތެރި އިންސާނީ ކާރިސާއަށް ލުޔެއް ހޯދައިދިނުމަށް ޓަކައި ވަގުތުން ވަގުތަށް އަދި ޝަރުތެއް ނެތި ހަނގުރާމަ ހުއްޓާލުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރުމަށާއި ޣައްޒާއަށް އިންސާނީ އެހީތެރިކަން އިތުރުކުރުމަށް ޔޫރަޕްގެ ލީޑަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.
ސީސީ ވިދާޅުވީ، ޣައްޒާގެ ރަފާ ސިޓީގައި އިސްރާއީލުގެ އަސްކަރީ އޮޕަރޭޝަނެއް ހިންގުމަށް ދެކޮޅު ހެއްދެވުމަކީ ޔޫރަޕްގެ ލީޑަރުންނާ އެކު އެއްބަސްވެވަޑައިގެންނެވި ކަމެއް ކަމަށެވެ.ި އަސްކަރީ އޮޕަރޭޝަނެއް ހިންގުމުގެ ސަބަބުން ޣައްޒާގައި މިހާރުވެސް އުފެދިފައިވާ އިންސާނީ ކާރިސާ އިތުރަށް ގޯސްވާނެ ކަމަށް ވިދާޅުވެފައިވެއެވެ.
އަދި 1967 ވަނަ އަހަރުން ފެށިގެން ފަލަސްޠީނުގެ ރައްޔިތުން ފަލަސްޠީނުގެ ބިންތައް ކަމަށްވާ ޣައްޒާއާއި ހުޅަނގު އައްސޭރިއާއި އިރުމަތީ ގުދުސް ހިމެނޭގޮތަށް އިސްރާއީލުން އެމީހުންގެ ބިންތަކުން މަޖުބޫރުކޮށްގެން ބޭރުކުރުމަށް މަސައްޖަތްކުރަމުންދާކަމަށް މިޞްރުން އަނެއްކާވެސް ކަށަވަރުކޮށްދޭކަމަށް އޭނާ ވިދާޅުވިއެވެ.