- Advertisement -ad image

ޣައްޒާގައި ފެނުގެ ޒަރިއްޔާއިން ފެތުރޭ ބަލިތައް ފެތުރެނީ ނުރައްކާތެރި ފެނާއި، ގަދަ ހޫނުގެ ސަބަބުން: އދ

ad image

ގުޅުންހުރި ލިޔުންތައް

ޣައްޒާގައި ފެނުގެ ޒަރިއްޔާއިން ޖެހޭ ބަލިތައް ފެތުރެމުން ދަނީ ސާފު ފެން ނުލިބުމާއި ހޫނުމިން އިތުރުވުމުގެ ސަބަބުން ކަމަށް ޣައްޒާގައި ހުންނަ އދ.ގެ ހިއުމެނިޓޭރިއަން ކޯޑިނޭޓަރު ހުކުރު ދުވަހު ވިދާޅުވެއްޖެ އެވެ.

ޖެމީ މެކްގޯލްޑްރިކް ވިދާޅުވި ގޮތުގައި ޣައްޒާއަށް މި ދުވަސްވަރު އާދަޔާހިލާފަށް ހޫނެވެ. އަދި ފެން ލިބެނީ ރައްޔިތުންނަށް ބޭނުންވާ ވަރަށް ވުރެ މަދުން ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން ރައްކާތެރި އަދި ސާފު ފެން ނުލިބުމާއި ނަރުދަމާނިޒާމަށް ބުރޫ އެރުމުގެ ސަބަބުން ފެނުގެ ޒަރިއްޔާއިން ޖެހޭ ބަލިތައް ވެސް ވަނީ ފެތުރިފަ އެވެ.

ޣައްޒާއަށް ކުރެއްވި އެންމެ ފަހު ދަތުރުފުޅަށްފަހު ޖެމީ ވިދާޅުވީ، މިވަގުތު މީހުން ތޮއްޖެހިފައިވާ ސަރަހައްދުތަކަށް މިހާރަށްވުރެ ރަނގަޅަށް ފެން ފޯރުކޮށްދެވޭނެ ގޮތެއް ކުރިއަށް އޮތް މަސްތަކުގައި ހޯދަން ޖެހޭ ކަމަށެވެ.

ތަޣައްޔަރުވެފައިވާ ފެނާއި ނަރުދަމާ ގެއްލުމަކީ ކޮލެރާ، ޑައިރިއާ، ޑިސެންޓްރީ އަދި ހެޕަޓައިޓިސް އޭ ފަދަ ބަލިތަކާ ގުޅިފައިވާ ކަމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ