- Advertisement -ad image

އިޒްރޭލުން ނުސީރާތަށް ދިން ވައިގެ ހަމަލާތަކުގައި ދެ ކުޑަކުއްޖަކާއި އަންހެނަކު ޝަހީދުކޮށްލައިފި

ad image

ގުޅުންހުރި ލިޔުންތައް

ފަލަސްތީނުގެ ވެރިރަށް ޣައްޒާގައި ހުންނަ ނުސީރަތު ރެފިއުޖީ ކޭމްޕްގެ އުތުރާއި ހުޅަނގަށް އިސްރާއީލުން ދިން ދެ ވައިގެ ހަމަލާއެއްގައި ފަލަސްތީނުގެ ދެ ކުޑަކުއްޖަކާއި އަންހެނަކު ޝަހީދުވެފައިވާ ކަމަށް ސިއްހީ މަސްދަރުތަކުން ބުނެފި އެވެ.

އެ މީހުން ބުނީ ރެފިއުޖީ ކޭމްޕްގެ އުތުރުގައި އިޒްރޭލުގެ އަސްކަރީ ބަޑީގެ ހަމަލާތަކުގައި އިތުރު ބަޔަކު ޒަހަމްވެފައިވާއިރު، އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ހަތަރު ވައިގެ ހަމަލާއެއް ދީ، ދެ ކުއްޖަކު ޝަހީދުވެފައިވާ ކަމަށެވެ.

މިކަންި ހިނގީ ރެފިއުޖީ ކޭމްޕްގެ ހުޅަނގުން އޮންނަ އެސް ސަވާރްހާ ސަރަހައްދުގެ ގެއަކަށް އިޒްރޭލުގެ ޑްރޯނެއް ހަމަލާދީ އަންހެނަކު ޝަހީދުކޮށްލާ އެހެން ބަޔަކު ޒަހަމްކޮށްލާފައިވާ ދަނޑިވަޅެއްގައެވެ.

އެގޮތުން ޚާން ޔޫނެސް ސިޓީގެ އެކި ހިސާބުތަކުގައި ހަލާކުވެފައިވާ ގެތަކުގެ ތެރެއިން ފަސް މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށާއި އޭގެ އިތުރުން އަލް ޝިފާ މެޑިކަލް ކޮމްޕްލެކްސް ވަށައިގެން ތިބި ސިފައިން ޝަހީދުކޮށްލި 400 މީހުންގެ ތެރެއިން އިތުރު ނުވަ މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ފަލަސްތީނާއި ދެކޮޅަށް ވަރުގަދަ ހަނގުރާމައެއް ފަށައި، ޣައްޒާގައި ހިންގަމުންދާ ޖަރީމާތަކާ ގުޅިގެން ބައިނަލްއަގުވާމީ ކޯޓް އޮފް ޖަސްޓިސްގައި މިހާރު ޝަރީއަތް ހިނގަމުން އަންނަ އިސްރާއީލުން ވަނީ މިހާތަނަށް ފަލަސްތީނުގެ 33،797 މީހުން ޝަހީދުކޮށް، 76،465 އަށް ވުރެ ގިނަ މީހުން ޒަހަމްކޮށްލާފަ އެވެ.

މީގެ އިތުރުން، 7،000 އެއްހާ މީހުން، އެމީހުންގެ ގެދޮރުގެ ކުނިތަކުގެ ދަށުގައި މަރުވެފައިވާ ކަމަށް ބެލެވެއެވެ.

ފަލަސްތީނާއި ބައިނަލްއަގްވާމީ ޖަމިއްޔާތަކުން ބުނާ ގޮތުގައި މަރުވި މީހުންނާއި ޒަހަމްވި މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

އިސްރާއީލުގެ ޙަމަލާތަކުގެ ސަބަބުން ޣައްޒާގެ އެކި ކަންކޮޅުތަކުން ގާތްގަނޑަކަށް ދެ މިލިއަނަށްވުރެ ގިނަ މީހުން ހިޖުރަކޮށްފައިވާއިރު، ގެދޮރު ގެއްލުނު މީހުންގެ ބޮޑު ބައެއް ވަނީ މިޞްރުގެ ބޯޑަރު ކައިރީގައި އޮންނަ ދެކުނުގެ ރަފަހް ސިޓީއަށް ވަނުމަށް މަޖުބޫރުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ