- Advertisement -ad image

އިސްރާއީލުން ރަފާއަށް ދިން ސިލްސިލާ ހަމަލާތަކުގައި ފަލަސްތީނުގެ 16 މީހަކު އަނިޔާވެރި ގޮތަކަށް ޝަހީދުކޮށްލައިފި

ad image

ގުޅުންހުރި ލިޔުންތައް

ޣައްޒާގެ ދެކުނުގައި އޮންނަ ރަފާހް ސިޓީގެ ބައެއް ގެތަކަށް އަމާޒުކޮށް އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގައި ނުވަ ކުޑަކުދިންނާއެކު ފަލަސްތީނުގެ 16 ރައްޔިތަކު މިއަދު ފަތިހު ޝަހީދުކޮށްލައިފިއެވެ.

ވާފާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ރަފަހް ސިޓީގެ ދެ ގެއަކަށް އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގައި ފަލަސްތީނުގެ އަށް ރައްޔިތަކު ޝަހީދުވެފައިވާ އިރު އޭގެ ތެރޭގައި ފަސް ކުޑަކުދިންނާއި ދެ އަންހެނުން ހިމެނެ އެވެ.

ހަމައެއާއެކު، ރަފާގެ މެދުގައި ހުންނަ ޝަބޫރާ ކޭމްޕްގައި ހުންނަ ޖޫދޭހް އާއިލާއަށް އަމާޒުކޮށް އިސްރާއީލުން ދިން ހަމަލާއެއްގައި އާންމު މީހަކާއި އޭނާގެ ދަރިފުޅާއި، މާބަނޑު އަނބިމީހާ ޝަހީދުކޮށްލާފައިވާ ކަމަށް މެޑިކަލް މަސްދަރުތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

މީގެ އިތުރުން ރަފާހުގެ އިރުމަތީގައި އޮންނަ ޖޯޖް ސްޓްރީޓްގެ ގެއަކަށް އަމާޒުކޮށް އިސްރާއީލުން ދިން ބޮމުގެ ހަމަލާއެއްގައި ހަތަރު ކުޑަކުދިންނާއެކު އާންމުންގެ ފަސް މީހަކު ޝަހީދު، އެތައް ބަޔަކު ޒަހަމްވި އެވެ.

ރަފާގެ މެދުގައި ހުންނަ ޝަބޫރާ ކޭމްޕްގެ ގެއަކަށް އަމާޒުކޮށް އިޒްރޭލުން ދިން ހަމަލާއެއްގައި ވެސް އާންމުންގެ ތިން މީހަކު ވަނީ ޝަހީދުވެފަ އެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުން ގެންދާ ޙަމަލާތަކުގެ ނަތީޖާއެއްގެ ގޮތުން މިހާތަނަށް ފަލަސްޠީނުގެ 34،049 މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. މީގެ އިތުރުން ހަމަލާ ދޭން ފެށި ފަހުން މިހާތަނަށް 76،901 މީހަކަށް އަނިޔާވެފައިވާ އިރު، އެތައް ހާސް ބަޔަކު އަދިވެސް ވަނީ ކުނިތަކުގެ ދަށުގައި ތާށިވެފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ