- Advertisement -ad image

އޮސްޓްރޭލިއާއިން ސެންސަރޝިޕް ކުރާ ކަމަށް އެލޮން މަސްކް ތުހުމަތު ކުރައްވައިފި

ad image

ގުޅުންހުރި ލިޔުންތައް

ސިޑްނީގެ ނަސާރާ ފައްޅިއެއްގައި ބިޝަޕަކަށް ވަޅިން ހަމަލާދިން ވީޑިއޯއަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭނުންކުރާ މީހުންނަށް ވަނުމަށް ހުރަސް އަޅަން ޖެހޭކަމަށް އޮސްޓްރޭލިއާގެ ފަނޑިޔާރަކު ނިންމުމާއި ގުޅިގެން، އެޤައުމުން ސެންސަރޝިޕް ކުރާ ކަމަށް ޓެކް ބިލިއަނަރު އަދި “އެކްސް”ގެ އޯނަރު އެލޮން މަސްކް ތުހުމަތުކުރައްވައިފި އެވެ.

އެކަމާ ގުޅިގެން ބޮޑުވަޒީރު އެންތަނީ އަލްބަނީޒް ވަނީ މަސްކް އަކީ ގާނޫނަށް ވުރެ މަތީގައި ހުންނެވި އަދި އާންމުންނާ ގުޅުމެއް ނެތް ބޭފުޅެއް ކަމަށް ސިފަކުރައްވާފައެވެ.

ޓްވިޓާ ގަތުމަށްފަހު 2023 ވަނަ އަހަރު މަސްކް ރީބްރޭންޑްކުރި ޓެކް ކުންފުނި “އެކްސް” ކޯޕަރޭޝަނުން އޭޕްރީލް މަހުގެ 15 ވަނަ ދުވަހު އަސީރިއާގެ އޯތޮޑޮކްސް ނަސާރާ ފައްޅިއެއްގައި ބިޝްޕް މާރީ އެމެނުއެލް އަށް ދިން މި ހަމަލާ އޮންލައިންކޮށް ހިދުމަތް ސްޓްރީމް ކުރަމުން ދާތީ ވަޅިން ހަމަލާދިން މައްސަލައާ ގުޅޭ ޕޯސްޓްތައް ނެގުމަށް އޮސްޓްރޭލިއާގެ ކޯޓުގެ ފަނޑިޔާރުވަނީ މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައެވެ.

މިއީ އޮސްޓްރޭލިއާއިން ޖިއޯބްލޮކް ކުރި ނަމަވެސް އެހެން ތަންތަނުން ލިބެން ހުރި މެޓީރިއަލްއެކެވެ.

އެ އަމުރުތައް ނެރުނު ރެގިއުލޭޓަރު ކަމަށްވާ އޮސްޓްރޭލިއާގެ އީސޭފްޓީ ކޮމިޝަނަކީ އޮންލައިންކޮށް މީހުން ރައްކާތެރިކޮށް ބެހެއްޓުމަށް މަސައްކަތްކުރާ ދުނިޔޭގެ ފުރަތަމަ ސަރުކާރުގެ އިދާރާގެ ގޮތުގައި ސިފަކުރާ ކޮމިޝަނުނެވެ.

އެ ކޮމިޝަނުން ވަނީ ބިޝޮޕަށް ވަޅިން ހަމަލާދިން ވީޑިއޯ އާންމުކުރުން ވަގުތީ ގޮތުން ބައިނަލްއަގުވާމީ ފެންވަރުގައި މަނާކުރުމަށް ކާމިޔާބުކަމާއެކު ސިޑްނީގެ ފެޑެރަލް ކޯޓަށް ހުށަހަޅައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ