- Advertisement -ad image

އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ޖަރީމާތައް ސަޢޫދީ ޢަރަބިއްޔާއިން ކުށްވެރިކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

އިސްރާއީލުން ޣައްޒާގައި އެއްވެސް ހިފެހެއްޓުމެއް ނެތި ހިންގަމުންދާ ބޮޑެތި ހަނގުރާމައިގެ ޖަރީމާތައް ސައުދީ އަރަބިއްޔާއިން މިއަދު ކުށްވެރިކޮށްފިއެވެ.

ސައުދީ އަރަބިއްޔާއިން އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ އަމަލުތައް ކުށްވެރިކޮށްފައި މިވަނީ ފަލަސްތީނުގެ ދެކުނުގައި އޮންނަ ޚާން ޔުނިސް ސިޓީގެ ނާސިރު މެޑިކަލް ކޮމްޕްލެކްސްއިން ބޮޑެތި ގަބުރުތައް ފެނުމާއި ގުޅިގެންނެވެ.

ސައޫދީ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބައިނަލްއަޤްވާމީ ޤާނޫނުގެ ޤަވާއިދުތަކާ ޚިލާފަށް އިސްރާއީލުން ފަލަސްތީނަށް ވެރިވެގަތުމާ ގުޅިގެން ޖަވާބުދާރީވުމުގެ ނިޒާމުތައް ހަރުދަނާ ކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢު ފެއިލްވެފައިވާ ކަމަށެވެ. އަދި ނަތީޖާއަކަށްވެގެންދާނީ އިތުރު ޚިލާފުތަކެއް އުފެދި، އިންސާނީ ހިތާމަވެރި ހާދިސާތަކާއި ހަލާކުތައް އިތުރުވެގެންދިޔުން ކަމަށް ސައުދީ އިން ވަނީ ބުނެފައެވެ

ޣައްޒާގައި އިޒްރޭލުން އާންމުންނަށް ދެމުން ގެންދާ ހަމަލާތައް ހުއްޓުވައި، އެ ޖަމާއަތުން ހިންގާ ޖަރީމާތަކަށް ޖަވާބުދާރީ ކުރުވުމުގެ ޒިންމާ ބައިނަލްއަގުވާމީ މުޖުތަމައުން އުފުލުމަށް ސައުދީ އަރަބިއްޔާއިން ވަނީ ގޮވާލައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ