- Advertisement -ad image

ސައުދީ އަރަބިއްޔާގެ ޕްރޮވިންސްތަކަށް ބޯކޮށް ވާރޭވެހި، މަދީނާގައި ފެންބޮޑުވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް

ސައުދީ އަރަބިއްޔާގެ އުތުރުގެ ސަރަހައްދުތަކަށް ފެންބޮޑުވެ ބޯކޮށް ވާރޭވެހި، މައްކާގައި ފެންބޮޑުވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ސްކައި ނިއުސް ފަދަ އައުޓްލެޓްތަކުން ރިޕޯޓްކޮށްފައިވާ ފުޓޭޖްތަކުން ފެންނަ ގޮތުގައި އިސްލާމް ދީނުގެ ދެވަނަ އަށް އެންމެ މާތް ބިން އަދި ކީރިތި ރަސޫލާ މުޙައްމަދު (ޞޢވ) ވަޅުލެވިފައިވާ އަލްމަސްޖިދުލް ނަބަވީ ހުންނަ އަލް-އުލާ އާއި އަލް މަދީނާ ޕްރޮވިންސްތަކުގައި ހޯމަ ދުވަހު ވަނީ ފެންބޮޑުވެފައެވެ. މި ފުޓޭޖްތަކުން ފެންނަ ގޮތުގައި މިސްކިތް ކައިރިއަށް އޭރުވެސް ބޯކޮށް ވާރޭ ވެހެމުން ދެއެވެ.

ސައުދީގައި ފެންބޮޑުވެފައި މިވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދާދިފަހުން އަވަށްޓެރި ޔޫއޭއީ އާއި އޮމާންއަށް ފެންބޮޑުވެފައި ވަނިކޮށެވެ.

ސައުދީގައި އެންމެ ފަހުން ފެންބޮޑުވެފައިވަނީ 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އެފަހަރު ބޯކޮށް ވާރޭވެހުމުގެ ސަބަބުން ސައޫދީ އަރަބިއްޔާގެ ގޮނޑުދޮށުގައި ފެންބޮޑުވެ، ޖިއްދާ ސިޓީއަށް ބޮޑެތި ގެއްލުންތަކެއް ލިބި، ދެ މީހަކު ވަނީ މަރުވެފަ އެވެ.

ގަލްފުގެ ގައުމުތަކުގެ ގިނަ ސިޓީތައް ބިނާކޮށްފައި ވަނީ އެކަށީގެންވާ ސްޓޯމް ޑްރެނޭޖް ސިސްޓަމެއް ނެތިއެވެ. އެހެން އެކަންކޮށްފައިވަނީ އެ ސަރަހައްދަކީ އާދަޔާ ހިލާފަށް ހޫނުގަދަ ހިސާބަކަށް ވެފައި، 20 ވަނަ ގަރުނުގައި އާބަން ޕްލޭނަރުން އަރަބި ޕެނިންސިއުލާގެ އާންމުގޮތެއްގައި ހިކި ބިމަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް އަންދާޒާ ކޮށްފައި ނުވާތީ އެވެ.

ސައޫދީގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ ހާލުގައި ޖެހިފައިވާ ސަރަހައްދުތަކުގެ ހާލަތު ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ. ސިވިލް ޑިފެންސް ޑައިރެކްޓްރޭޓުން ވަނީ އެކަމަށް ސަމާލުވެ، ވާދީތަކާއި އައްސޭރިފަށުން ދަތުރުކުރުމުން ދުރުހެލިވުމަށް އިލްތިމާސްކޮށްފައެވެ.

ސައުދީ ނޭޝަނަލް ސެންޓާ ފޯ މީޓިއޮރޮލޮޖީ (އެންސީއެމް) އިން އަލް މަދީނާ ސަރަހައްދަށް ރެޑް އެލާޓް ނެރެފައިވަނީ ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭތީ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ