މިއަހަރުގެ ޙައްޖުގެ އަޅުކަމުގައި އުމުރުން 130 އަހަރުގެ އަލްޖީރިއާގެ އަންހެން މީހާ ސައުދީ އަރަބިއްޔާއަށް ދިއުމުން ސައޫދީ އޮފިޝަލުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
ސަރްހޫދާ ސެޓިޓް ނަމަކަށް ކިޔާ މި އަންހެން މީހާ ސައުދީ އެއާލައިންސް އިން ސައުދީ އަރަބިޔާާއަށް ވަޑައިގަތުމުން އުފާ ފާޅުކުރީ ސައުދީއަށް ދިޔަ އެންމެ ދުވަސްވީ ހައްޖުވެރިޔާގެ ގޮތުގަ އެވެ.
އުމުރުން ދުވަސްވީ ނަމަވެސް ހައްޖަށް ދިއުމުގެ އަޒުމުގައި ހުރި މި އަންހެން މީހާއަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ބޮޑު ސަމާލުކަމެއް ލިބުނެވެ.
ހައްޖުގެ އަޅުކަން އަދާކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ސައުދީ އަރަބިއްޔާގެ ގިނަ ގުރޫޕްތަކެއް މިއަހަރު ވަނީ ގޮސްފަ އެވެ.
ސައުދީގެ ކަމާބެހޭ ފަރާތްތަކުން އަންނަނީ މި ހަފުތާގައި ހައްޖުގެ އަޅުކަން އަދާކުރާ 1.5 މިލިއަނަށް ވުރެ ގިނަ މީހުން ގެންދިއުމަށް ތައްޔާރުވަމުންނެވެ. އަދި ކުރިއަށް އޮތް މުއްދަތުގައި އެ އަދަދުތައް އިތުރުވާނެ ކަމަށް ބެލެވެ އެވެ.