Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
- Advertisement -ad image

ގަދަ ހޫނުގެ ސަަބަބުން މަރުވި ހައްޖުވެރިންގެ އަދަދު 1300 އަށް ވުރެ މައްޗަށް

ad image

ގުޅުންހުރި ލިޔުންތައް

ސަޢޫދީ ޢަރަބިއްޔާގައި މިއަހަރު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރަމުން ދަނިކޮށް 1300 އަށްވުރެ ގިނަ މީހުން މަރުވެފައިވާކަމަށް ސަޢޫދީ ޢަރަބިއްޔާގެ ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ.

ސައުދީގެ ސިއްހަތާ ބެހޭ ވަޒީރު ފަހުދު ބިން އަބުދުއްރަހްމާން އަލް ޖަލަޖެލް ވިދާޅުވީ މަރުވި 1301 މީހުންގެ ތެރެއިން 83 އިންސައްތަ މީހުންނަކީ މައްކާއާއި ވަށައިގެންވާ ސަރަހައްދުގައި ހައްޖުގެ އަޅުކަން އަދާކުރުމަށް ގަދަ ހޫނުގައި ދިގު ރާސްތާއެއްގައި ހިނގާފައި ދިޔަ މީހުން ކަމަށެވެ.

ސަރުކާރު ހިއްސާވާ ޓީވީތަކަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ 95 ހައްޖުވެރިންނަށް ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުންދާ ކަމަށާއި އޭގެ ތެރެއިން ބައެއް މީހުންނަށް ވެރިރަށް ރިޔާދުގައި ފަރުވާ ދިނުމަށް ވައިގެ މަގުން ގެންގޮސްފައިވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އައިޑެންޓިފިކޭޝަން މަރުހަލާ ލަސްވީ މަރުވި ގިނަ ހައްޖާޖީންނާ އެކު އައިޑެންޓިފިކޭޝަން ޑޮކިއުމެންޓެއް ނެތުމުންނެވެ.

އޮފިޝަލުން ބުނިގޮތުގައި މަރުވި މީހުންގެ ތެރެއިން ގިނަ މީހުން މަރުވެފައި ވަނީ މައްކާގެ އަލް މުއައިސެމް އަވަށުގެ އިމަޖެންސީ ކޮމްޕްލެކްސްގައި ކަމަށެވެ.

މަރުވި މީހުންގެ ތެރޭގައި ހިމެނެނީ އިންޑޮނޭޝިއާއިން 165 މީހުންނާއި އިންޑިއާގެ 98 މީހުންނާއި އުރުދުން، ޓިއުނީޝިއާ، މޮރޮކޯ، އަލްޖީރިއާ އަދި މެލޭޝިއާއިން އިތުރު ހައްޖަށް ދިޔަ އެތައް ބަޔަކުކަމަށް އެސޯސިއޭޓެޑް ޕްރެސްގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި އެމެރިކާގެ ދެ ރައްޔިތަކު ވެސް މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ