ޣައްޒާގައ ތިބިި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށް ބޭނުންވާ ތެޔޮ ފޯރުކޮށްދިނުމަށް އިޒްރޭލުން އަދިވެސް ހުރަސް އަޅަމުންދާ ކަމަށާއި އެކަމުގެ ސަބަބުން ޣައްޒާގައި ކާބޯތަކެތީގެ ބާވަތްތައް ބެހުމަށް ހުރަސް އެޅޭ ކަމަށް އދ. ގެ ތަރުޖަމާނު ވިދާޅުވެއްޖެ އެވެ.
އދގެ ސެކްރެޓަރީ ޖެނެރަލްގެ ތަރުޖަމާނު ސްޓެފަން ޑުޖާރިކް ވިދާޅުވީ ދާދި ފަހުން އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި އާންމުންގެ އެތައް ބަޔަކު ޝަހީދުވެ އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށެވެ.
ޑުޖާރިކް ފާހަގަކުރެއްވި ގޮތުގައި އޭގެ ތެރެއިން އެއް ހަމަލާ ދީފައި ވަނީ ދީރް އަލް ބަލާހުގައި އިންސާނީ އެހީގެ އޮޕަރޭޝަންތައް ހިންގާ މަރުކަޒާ 100 މީޓަރު ދުރުންނެވެ.
އަދި މިކަން މިހެން އޮތް ނަމަވެސް އިންސާނީ އެހީގެ އޮޕަރޭޝަންތައް ކުރިއަށްދާކަން ޔަޤީންކުރައްވާ ކަމަށާއި މި ޙަމަލާތަކުގެ ސަބަބުން މިހާރުވެސް މަސައްކަތް ކުރަމުންދާ މީހުންނަށް ވަރަށް ބޮޑު ޕްރެޝަރެއް ކުރިމަތިވެ، ދަތިތަކެއް ކުރިމަތިވަމުންދާކަމަށް ވިދާޅުވިއެވެ.
އަދި އިޒްރޭލުގެ ކަމާބެހޭ ފަރާތްތަކުން އަދިވެސް އިންސާނީ އެހީއަށް ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ތެޔޮ ފޯރުކޮށްދިނުމުގެ ފުރުސަތު ނުދޭ ކަމަށާއި އެހެންކަމުން ކާބޯތަކެތި ބެހުމަށް ހުރަސް އެޅޭ ކަމަށް އޭނާ ވިދާޅުވިއެވެ.



