ބަހުސަށް ލިބުނު ނާކާމިޔާބީއާ ގުޅިގެން އެތައް ހަފުތާއެއްހާ ދުވަހުގެ ޕްރެޝަރަށް ފަހު އެމެރިކާގެ ރައީސް ޖޯ ބައިޑަން 2024 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ރޭހުން ވަކިވެވަޑައިގެންފި އެވެ.
ރިޔާސީ އިންތިޚާބުގެ ކެމްޕެއިން އަލުން ފެށުމަށްފަހު ހަފުތާތަކެއް ވަންދެން ޕްރެޝަރަށް ފަހު، އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ ކެންޑިޑޭޓެއްގެ ގޮތުގައި ރިޔާސީ އިންތިހާބުން ވަކިވެވަޑައިގަންނަވަން ނިންމަވާފަ އެވެ.
އާދިއްތަ ދުވަހު ބައިޑަންގެ “އެކްސް” އެކައުންޓްގައި ބައިޑަން ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ މި ނިންމުމަކީ އޭނާ ނިސްބަތްވާ ޑިމޮކްރެޓިކް ޕާޓީއަށާއި ގައުމަށް އެންމެ ފައިދާހުރި ނިންމުމެއް ކަމަށެވެ.
ބައިޑަން ވަނީ 2025 ވަނަ އަހަރުގެ ޖެނުއަރީ މަހު ހަމަވާ ދައުރުގެ ބާކީ ބައި އަދާކުރައްވާނެ ކަން ހާމަކުރައްވައި، ވަގުތުން ނައިބު ރައީސް ކަމަލާ ހެރިސް އަށް ތާއީދު ކުރައްވައިފަ އެވެ.
“2020 ވަނަ އަހަރު ޕާޓީގެ ކެންޑިޑޭޓެއްގެ ހައިސިއްޔަތުން އަޅުގަނޑު ނިންމީ އަޅުގަނޑުގެ ނައިބު ރައީސަކަށް ކަމަލާ ހެރިސް ހޮވުން،” އޭނާ ލިޔުއްވާފައިވެ އެވެ.
އަދި އެއީ ނިންމި އެންމެ ރަނގަޅު ނިންމުން ކަމަށާއި، އަޅުގަނޑު ޕާޓީގެ ކެނޑިޑޭޓަކަށް ކަމަލާ ހަމަޖެއްސުމަށް ބައިޑަންގެ ފުރިހަމަ ތާއީދާއި އެންޑޯސްމަންޓް އެބައޮތް ކަމަށް ބުނެފައެވެ.
“މިއީ އެކަތިގަނޑަކަށްވެ ޓްރަމްޕް ބަލިކުރަންވީ ވަގުތު” އޭނާ ލިޔުއްވާފައި ވެއެވެ.
ޑިމޮކްރެޓިކް ޕާޓީގެ ޓިކެޓުގައި ބައިޑަންގެ ބަދަލުގައި އެހެން ނަންތަކެއް ހިމަނާފައިވީ ނަމަވެސް، އެމެރިކާގެ ފުރަތަމަ އަންހެން ރައީސަކަށް ވާނެ ކަޅު ނަސްލުގެ އަންހެނަކާ ދެކޮޅަށް ޗެލެންޖެއް ކުރިމަތިވާނެ ކަމުގެ ސާފު ސަބަބެއް ކޮންމެ ކެންޑިޑޭޓަކު ވެސް ހުށަހަޅަން ޖެހޭނެ އެވެ.
މި ޚަބަރަށް ރައްދު ދެއްވަމުން ޑޮނަލްޑް ޓްރަމްޕް ވަނީ އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް، ޓްރޫތު ސޯޝަލްގައި މެސެޖެއް ފޮނުއްވައި، ބައިޑަން އަކީ ރައީސް ކަމަށް ކުރިމަތިލެއްވުމަށް އެކަށީގެންވާ ބޭފުޅެއް ނޫން ކަމަށާއި، ހަމަޔަގީނުންވެސް ހިދުމަތް ކުރެއްވުމަށް އެކަށީގެންވާ ބޭފުޅެއް ނޫން ކަމަށް ވިދާޅުވެފައެވެ.



