Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ތައިލެންޑުގެ ރަށެއްގެ ގޮނޑުދޮށުގައި ކަސްރަތު ކުރަންއިން ފަތުރުވެރިއަކު ބޮޑު ރާޅެއްގެ ދަށުވެ މަރުވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް

ތައިލެންޑުގެ ކޯ ސަމުއީ ރަށުގައި ޗުއްޓީ ހޭދަކުރަމުންދިޔަ ރަޝިއާގެ 24 އަހަރުގެ ފަތުރުވެރިއެއް، ހުކުރު ދުވަހު މަޝްހޫރު ވިއުޕޮއިންޓެއްގައި ހުރި ގަލެއްގެ މަތީގައި ޔޯގާ ކުރަމުން ދަނިކޮށް ބޮޑު ރާޅެއްގެ ދަށުވެ މަރުވެއްޖެއެވެ.

އެ ސަރަޙައްދުގެ ނޫސްތަކުން މި ފަތުރުވެރިޔާގެ ނަމުގެ ގޮތުގައި ފާހަގަކޮށްފައިވަނީ ކަމިލާ ބެލިއަޓްސްކަޔާ އެވެ. ފުލުހުން ބެލި ސީސީޓީވީ ފުޓޭޖުން ދައްކާގޮތުގައި މެންދުރުފަހު 1 ޖެހުމުގެ ކުރިން ކަމިލާ ވަނީ ރަތް ކުލައިގެ ކާރެއްގައި ލާޑް ކޯ ވިއުޕޮއިންޓްގެ ޕާކިންގ އޭރިއާއަށް ގޮސްފައެވެ. އޭނާ ވަނީ ކާރުގެ ޑިކީން ފިޔާތޮށި ކުލައިގެ ޔޯގާ މެޓެއް ނަގައި އެކަނި ވިއުޕޮއިންޓް ދަށުގައިވާ ހިލަގަނޑު ސަރަޙައްދަށް ގޮސްފައެވެ.

ކުޑައިރުކޮޅެއްގެ ފަހުން، ވީޑިއޯއިން ފެންނަގޮތުގައި ވަރުގަދަ ރާޅަކާއެކު ކަމިލާ ވަނީ ގަލުން ކަނޑަށް ވައްޓާލާފައެވެ. މި ހިތާމަވެރި ހާދިސާ ހިނގަމުންދިޔައިރު، އެތަނުގައި ތިބި މީހުން ބަލަން ތިބެ، އެއްވެސް އެހީތެރިކަމެއް ފޯރުކޮށްދެވޭގޮތް ވަނީ ނުވެފައެވެ.

ނޫސްތަކުން ރިޕޯޓުކޮށްފައިވާގޮތުގައި މެންދުރުފަހު 1:30 ހާއިރު އެ އަންހެން މީހާ ގެއްލިއްޖެ ކަމަށް ބުނެ ހެކިން ބޯ ފުތް ފުލުސް ސްޓޭޝަނަށް ގުޅާފައިވެއެވެ. އަދި އޭނާ އެންމެ ފަހުން ފެނިފައިވަނީ 9 ފޫޓު އުސްމިނަށް އުފުލެމުންދިޔަ ރާޅުތަކުގެ ތެރޭގައި ގެނބެމުންދާ ތަނެވެ.

ގެނބުމުން ސަލާމަތްކުރާ ޓީމުތަކުން ކަމިލާ ހޯދުމަށް މަސައްކަތްކުރި ނަމަވެސް، ރާޅުތައް އިތުރަށް ގަދަވަމުން ދިޔުމާ ގުޅިގެން 30 މިނެޓް ފަހުން އެ މަސައްކަތް ހުއްޓާލަން ޖެހުނެވެ. އަދި އެ ދުވަހުގެ ކުރީކޮޅު، ރާޅުތައް ބޮޑުވެ ކުރިމަތިވި ނުރައްކާތެރި ޙާލަތާ ގުޅިގެން ޖެޓް ސްކީ އޮޕަރޭޓަރުން ވަނީ އެމީހުންގެ އުޅަނދުތައް ގޮނޑުދޮށުން ނަގާފައެވެ.

މި ހާދިސާ ހިނގާފައިވަނީ ތައިލެންޑުގެ ސުރާތް ތާނީ ޕްރޮވިންސްގެ ބޯ ފުތް ޑިސްޓްރިކްޓްގެ މޫ 6 ގައި ހުންނަ ލާޑް ކޯ ވިއުޕޮއިންޓް ކައިރީގައެވެ. ސުރާތް ތާނީއަކީ ކޯ ސަމުއީ، ކޯ ތާއޯ އަދި ކޯ ފަންގަން ފަދަ މަޝްހޫރު ފަތުރުވެރިކަމުގެ ރަށްތައް ހިމެނޭ ޕްރޮވިންސްއެކެވެ.

ސަމުއީ ރެސްކިއު ސެންޓަރުގެ ވެރިޔާ ޗައިޔަޕޯން ސުބްޕްރަސާޓް ބުނާގޮތުގައި ރަށުގެ ހުރިހާ ގޮނޑުދޮށެއްގައިވެސް އިންޒާރުދޭ ނިޒާމުތައް ޤާއިމުކުރެވިފައި ހުރެއެވެ. ނަމަވެސް، މި ހާދިސާ ހިނގި ސަރަޙައްދަކީ ފަތުރުވެރިން ގިނައިން ޒިޔާރަތްކުރާ ތަނަކަށްވެފައި، އެފަދަ ނުރައްކާތެރި ހާލަތްތަކުގައި ވަކިން ސަމާލުވާންޖެހޭ ކަމަށް އޭނާ އިތުރަށް ފާހަގަކުރިއެވެ.

މި ހިތާމަވެރި ހާދިސާއާ ގުޅިގެން، ތައިލެންޑުގެ ފަތުރުވެރިކަމުގެ އިދާރާތަކުން ވަނީ ހުރިހާ ފަތުރުވެރިންނަށް ވެސް އިތުރު ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ. ޚާއްޞަކޮށް މޫސުން ގޯސްވެފައިވާ ދުވަސްތަކުގައި ގޮނޑުދޮށާ ކައިރި ސަރަޙައްދުތަކަށް ދިއުމުގައި ވަރަށް ބޮޑަށް ސަމާލުވުމަށް އަންގާފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ