ޣައްޒާގައި އިސްރާއީލުން ޝަހީދުކުރި އަލްޖަޒީރާގެ ނޫސްވެރިންގެ ހަނދާނުގައި މިސްރުގެ ނޫސްވެރިންގެ އެއްވެއްޖެއެވެ. މި އެއްވުން ބޭއްވީ ޣައްޒާ ސިޓީއާއި އެހެނިހެން ސަރަހައްދުތައް އިސްރާއީލުން އޮކިއުޕައި ކުރުމުގެ ކުރިން، އެ ސަރަހައްދުތަކުން ކުރެވޭ ރިޕޯޓިންގ ހުއްޓުވުމަށް އިސްރާއީލުން ކުރަމުންދާ މަސައްކަތްތަކާ ގުޅިގެންނެވެ.
އިސްރާއީލުން ނޫސްވެރިން އަމާޒުކޮށް ޝަހީދުކޮށްލުމާ ގުޅިގެން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިހުތިޖާޖީ އެއްވުންތައް ވަނީ ބޭއްވިފައެވެ. މި އެއްވުންތަކުގައި ޝަހީދުވި ނޫސްވެރިންނަށް ތަޢުރީފުކޮށް، އިސްރާއީލުގެ އަމަލުތައް ކުށްވެރިކޮށްފައިވެއެވެ.
އިސްރާއީލުން ނޫސްވެރިން އަމާޒުކޮށް ޝަހީދުކޮށްލީ، ޣައްޒާގައި މަސައްކަތްކުރާ މީޑިއާ މުވައްޒަފުންނަކީ ހަމާސްގެ އޮޕަރޭޓިވުންކަމަށް ބުނެއެވެ. ނަމަވެސް މިއީ އެއްވެސް ހެއްކެއް ނެތް ދަޢުވާތަކެކެވެ.
މިސްރުގެ ނޫސްވެރިން ބޭއްވި އެއްވުމުގައި، ޣައްޒާގައި ހިނގަމުންދާ އިންސާނިއްޔަތާ ޚިލާފު އަމަލުތަކާއި، ނޫސްވެރިންނަށް އަމާޒުކޮށް ހަމަލާދިނުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ކަމެއްކަން ފާހަގަކޮށްފައިވެއެވެ.
އަލްޖަޒީރާގެ ނޫސްވެރިންނަށް އަމާޒުކޮށް އިސްރާއީލުން ދިން ހަމަލާތަކަކީ، ޣައްޒާގައި ހިނގަމުންދާ އަނިޔާވެރި އަމަލުތަކުގެ ހަޤީޤަތް ދުނިޔެއަށް ހާމަވިޔަ ނުދިނުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި ގިނަ ބައިނަލްއަޤްވާމީ ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.



