Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ސީރިއާ ސިފައިންނާއި އެސްޑީއެފްއާ ދެމެދު ހިނގި ކުރިމަތިލުންތަކެއްގައި ދެ މީހުން މަރުވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް

ސީރިއާގެ އަލެއްޕޯގައި އެ ގައުމުގެ ސަރުކާރު ސިފައިންނާއި ކުރުދީންގެ ބާރު އޮންނަ ސީރިއަން ޑިމޮކްރެޓިކް ފޯސަސް (އެސްޑީއެފް) އާ ދެމެދު ހިނގި ނުރައްކާތެރި ކުރިމަތިލުންތަކެއްގައި މަދުވެގެން ދެ މީހުން މަރުވެއްޖެއެވެ. މި ކުރިމަތިލުންތައް ހިނގާފައިވަނީ އެސްޑީއެފްގެ ހަނގުރާމަވެރިން ސީރިއާގެ ދައުލަތުގެ މުއައްސަސާތަކުގެ ދަށަށް ގެނައުމަށް ކަނޑައަޅާފައިވާ ސުންގަޑި ކައިރިވެފައި ވަނިކޮށެވެ.

ސިއްހީ މަސްދަރުތަކުން މައުލޫމާތު ދޭ ގޮތުގައި، އަލެއްޕޯގެ ޝައިހާން އަދި ލައިރްމޫން ސަރަހައްދުގައި ހުރި ސަރުކާރުގެ ސަލާމަތީ ބާރުތަކުގެ މަގާމުތަކަށް އެސްޑީއެފްއިން ދިން ހަމަލާތަކުގައި ދެ އާންމުން މަރުވެ، އިތުރު 11 މީހަކު ވަނީ ޒަހަމްވެފައެވެ. ސީރިއާގެ ދައުލަތުގެ މީޑިއާ، ސަނާ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ހަމަލާތަކާ ގުޅިގެން އެ ސަރަހައްދުގައި ދިރިއުޅޭ ގިނަ އަދަދެއްގެ އާއިލާތަކާއި މަސައްކަތްތެރިން ވަނީ ރައްކާތެރިކަން ހޯދުމަށް ފިލައިގެން ގޮސްފައެވެ.

ސީރިއާގެ ދާހިލީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ އެސްޑީއެފްއިން ސަލާމަތީ ބާރުތަކަށް ދިން ޚިޔާނާތްތެރި ހަމަލާއެއް ކަމަށެވެ. މި ހަމަލާގައި ސަލާމަތީ ބާރުތަކުގެ ދެ މީހަކަށް އަނިޔާވެފައިވާ ކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ. ނަމަވެސް، އެސްޑީއެފްއިން ވަނީ އާންމުންނަށް ހަމަލާދިން ކަމަށް ބުނާ ވާހަކަތައް ދޮގުކޮށް، ސަރުކާރާ ގުޅުންހުރި ޖަމާއަތްތަކުން އިސްވެ ހަމަލާދިން ކަމަށް ތުހުމަތުކޮށްފައެވެ.

މި ހަމަލާތައް ހިނގާފައިވަނީ ތުރުކީގެ ހާރިޖީ ވަޒީރު ހާކާން ފިދާން ދިމިޝްގަށް ވަޑައިގެން، އެސްޑީއެފް ސީރިއާގެ އާ ސިފައިންގެ ލަޝްކަރުގެ ތެރެއަށް ލުމާ ގުޅޭގޮތުން މަތީ ފަންތީގެ މަޝްވަރާތަކެއް ކުރައްވަމުން ގެންދަވަނިކޮށެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ބަޝާރުލް އަސަދުގެ ވެރިކަން ވެއްޓުމަށްފަހު، ރައީސް އަހުމަދު އަލް-ޝަރާ ވަނީ އެސްޑީއެފް ދައުލަތުގެ މުއައްސަސާތަކާ ގުޅުމުގެ އެއްބަސްވުމެއްގައި މާޗް މަހު ސޮއިކުރައްވާފައެވެ.

ދެ ފަރާތުގެ މެދުގައި އެތައް ގަޑިއިރެއް ވަންދެން ހިނގި ހަމަލާ ބަދަލުކުރުންތަކަށްފަހު، ހޯމަ ދުވަހުގެ ރޭ ދެ ފަރާތުންވެސް ވަނީ ހަމަލާ ދިނުން ހުއްޓާލުމަށް އެއްބަސްވެފައެވެ. ސީރިއާގެ ދިފާއީ ވުޒާރާއިން ބުނި ގޮތުގައި ސިފައިންނަށް މިހާރު ވަނީ ހަމަލާ ދިނުން ހުއްޓާލުމަށް އަމުރުކޮށްފައެވެ. އަދި އެސްޑީއެފްއިންވެސް ވަނީ ރައްދުގައި ހަމަލާ ދިނުން ހުއްޓާލުމަށް އެ ޖަމާއަތުގެ ހަނގުރާމަވެރިންނަށް އިރުޝާދު ދީފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ