Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ރަޝިޔާއިން ކިއެވްއަށް ދިން މިސައިލާއި ޑްރޯން ހަމަލާތަކެއްގައި 9 މީހުން މަރުވެ، 34 މީހުން ޒަޚަމްވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް

ރަޝިޔާއިން ޔޫކްރެއިންގެ ވެރިރަށް ކިއެވް އަދި އެ ސަރަހައްދުގެ އެކި ހިސާބުތަކަށް ރޭ ދިން ވަރުގަދަ މިސައިލާއި ޑްރޯން ހަމަލާތަކެއްގައި މަދުވެގެން 9 މީހުން މަރުވެ، އިތުރު 34 މީހަކު ޒަޚަމްވެއްޖެ ކަމަށް ޔޫކްރެއިންގެ ކަމާބެހޭ އިދާރާތަކުން ހާމަކޮށްފިއެވެ. މި ހަމަލާތަކުގައި އާންމުން ދިރިއުޅޭ އިމާރާތްތަކަށާއި އެހެނިހެން ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

ކިއެވްގެ މޭޔަރު ވިޓަލީ ކްލިޗްކޯ ވިދާޅުވި ގޮތުގައި މިސައިލް ހަމަލާތައް އަމާޒުވެފައިވަނީ ވެރިރަށުގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި ގުދަންތަކަށެވެ. ސިޓީގެ ކަމާބެހޭ ފަރާތްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ވެރިރަށުން އެކަނިވެސް 8 މީހުން މަރުވެ، 33 މީހުން ޒަޚަމްވެފައިވާއިރު، ސިއްހީ ޚިދުމަތްދޭ މަރުކަޒަކަށާއި ތައުލީމީ މުއައްސަސާއަކަށް ވެސް ވަނީ ގެއްލުން ލިބިފައެވެ. މީގެއިތުރުން، ކިއެވްގެ ވަށައިގެންވާ ސަރަހައްދުތަކުގެ ތެރެއިން ބްރޮވަރީ ޑިސްޓްރިކްޓަށް ދިން ހަމަލާގައި އެކަކު މަރުވެ އިތުރު މީހަކު ޒަޚަމްވެފައިވާ ކަމަށް ސަރަހައްދީ ގަވަރުނަރު ޓިމޫރް ޓްކަޗެންކޯ ވިދާޅުވިއެވެ. އަދި ސިނާއީ އިމާރާތަކަށް ގެއްލުން ލިބި އަލިފާން ރޯވި ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ޔޫކްރެއިންގެ ވައިގެ ސިފައިން ބުނި ގޮތުގައި ރަޝިޔާގެ ކެލިބަރ ކްރޫޒް މިސައިލްތައް ކިއެވްއާ ދިމާއަށް ދަތުރުކުރަމުންދިޔައެވެ. މި ހަމަލާތަކާ ގުޅިގެން ޕޮލެންޑުން ވަނީ އެގައުމުގެ ވައިގެ ސަރަހައްދު ހިމާޔަތްކުރުމަށް އަސްކަރީ މަތިންދާބޯޓުތައް ހަރަކާތްތެރިކޮށް، ވައިގެ ދިފާއީ ނިޒާމުތައް އެކްޓިވޭޓްކޮށްފައެވެ. އަދި ރުމޭނިއާގެ ރާޑަރު ސިސްޓަމްތަކަށް ޔޫކްރެއިން ބޯޑަރު ކައިރިން އަމާޒުތަކެއް ފާހަގަކުރެވުމާ ގުޅިގެން، ސްޕެއިންގެ ދެ ފައިޓާ ޖެޓް ވަނީ ވައިގެ ތެރެއަށް ފޮނުވާލާފައެވެ. ރުމޭނިއާގެ ކަމާބެހޭ ފަރާތްތަކުން ބުނި ގޮތުގައި ޑްރޯނެއް އެގައުމުގެ ވައިގެ ސަރަހައްދަށް ވަދެ، މީހުން ނޫޅޭ ސަރަހައްދަކަށް ވަނީ ވެއްޓިފައެވެ.

ހަމައެއާއެކު، ޔޫކްރެއިނުން ރަޝިޔާއަށް އަމާޒުކޮށް ވަރުގަދަ ޑްރޯން ހަމަލާތަކެއް ދީފައިވާ ކަމަށް ރަޝިޔާއިން ވެސް ވަނީ ރިޕޯޓްކޮށްފައެވެ. މޮސްކޯގެ މޭޔަރު ސަރްގޭ ސޮބްޔާނިން ވިދާޅުވީ ރޭގަނޑުގެ ވަގުތުގައި މޮސްކޯ ސަރަހައްދަށް އަމާޒުކޮށް 250 ޑްރޯން ފޮނުވާލާފައިވާ ކަމަށާއި، އޭގެ ތެރެއިން ގިނަ ޑްރޯންތައް ވެރިރަށާ ހަމައަށް ވާސިލްވުމުގެ ކުރިން ވައްޓާލާފައިވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ