އިރާގުގެ މެދުތެރޭގައި އޮންނަ ކާރކުކްގެ ކައިރީގައި ބޮމެއް ގޮވާލާ 8 ފުލުހުން މަރާލައިފި އެވެ.
އަލްޖަޒީރާއިން ބުނެފައިވާ ގޮތުގައި މިފުލުސް އޮފިސަރުންތައް މަރުވެފައިވަނީ ބޮންގޮއްވާލި ސަރަހައްދު ހުރަސްކޮށް ދަތުރުކުރަމުން ދަނިކޮށެވެ. ސަފްރާ އަވަށް ކައިރީ ގޮއްވާލި މި ބޮމުގެ ހާދިސާގައި ދެ އޮފިސަރުންނަށް ވެސް ވަނީ އަނިޔާވެފަ އެވެ.
މި ހަމަލާގެ ޒިންމާ މިހާތަނަށް އެއްވެސް ޖަމާއަތަކުން އުފުލާފައެއް ނުވެއެވެ. އެހެންނަމަވެސް ހަމަލާދިން ވަގުތު އެ ސަރަހައްދުގެ އައިއެސްގެ ސިފައިން ހަރަކާތްތެރިވިކަމަށް އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވެއެވެ.
ކާރކީކް އޮންނަނީ ވެރިރަށް ބަގްދާދް އާއި 238 މޭލު ދުރުގަ އެވެ. މި ސިޓީއަކީ 2017 ވަނަ އަހަރު ކުރުދީޝްގެ އަތްދަށުން އިރާގް ސެކިއުރިޓީ ފޯސްގެ ބާރުގެ ދަށަށް ގެނެސްފައިވާ ހިސާބެކެވެ.



