- Advertisement -ad image

ކާބުލްގެ އަސްކަރީ އެއާޕޯޓަށް ދިން ބޮމުގެ ހަމަލާއެއްގައި އެތައް ބަޔަކު މަރުވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް

އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގެ އަސްކަރީ އެއާޕޯޓުގެ ބޭރުގައި އެއްޗެއް ގޮއްވާލައި 14 މީހުން މަރުވެ، 18 މީހަކު ޒަހަމްވެފައިވާކަމަށް ތާލިބާނުންގެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

ދާހިލީ ވުޒާރާގެ ތަރުޖަމާނު އަބްދުލް ނާފީ ތަކޯރު ވިދާޅުވީ އާދީއްތަ ދުވަހު ދިން ބޮމުގެ ހަމަލާގައި އެތައް ބަޔަކު މަރުވެ ޒަހަމްވެފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ނަމަވެސް ބޮން ގޮއްވީ ކޮން ބަޔަކަށް އަމާޒުކޮށް ކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ބުނި ގޮތުގައި ހެނދުނު 8:30 ގެ ކުރިން ބާރު ގަދަ ގޮވުމެއްގެ އަޑު އިވުނެވެ. އަދި ސަލާމަތީ ބާރުތަކުން އެ ސަރަހައްދު ބަންދުކޮށް ހުރިހާ މަގެއް ވެސް ބަންދުކޮށްފައިވާ ކަމަށް އެ މީހުން ބުންޏެވެ.

މި ބޮމުގެ ހަމަލާގެ ޒިންމާ އަދި މިހާތަނަށް އެއްވެސް ބަޔަކު އުފުލާފައެއް ނުވެއެވެ. 2021 ވަނަ އަހަރުގެ އޮގަސްޓް މަހު ތާލިބާނުން އަލުން ވެރިކަމަށް އައި ފަހުން އައިއެސްއައިއެސްގެ ސަރަހައްދީ ގުޅިފައިވާ ޖަމާއަތެއް ކަމަށްވާ ހުރާސާން ޕްރޮވިންސްގެ އިސްލާމިކް ސްޓޭޓް، އައިއެސްކޭޕީ (އައިއެސްއައިއެސް-ކޭ) އިން ވަނީ ހަމަލާތައް އިތުރުކޮށްފައެވެ. ހަމަލާތައް އަމާޒުކޮށްފައިވާ ތަންތަނުގެ ތެރޭގައި ތާލިބާނުންގެ “ޕެޓްރޯލާއި” އަފްގާނިސްތާނުގެ ޝިޔާ މީހުން ވެސް ހިމެނެއެވެ.

މިދިޔަ މަހު އައިއެސްއާ ގުޅުން ހުރި ބަޔަކު ކާބުލްގައި ހުންނަ ޗައިނާ މީހުންގެ މެދުގައި މަގުބޫލު ހޮޓަލަކަށް ވަދެ ދިން ހަމަލާއެއްގައި ޗައިނާގެ ފަސް މީހަކު ވަނީ ޒަހަމްވެފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ