ބާނާ ކަންނެލި ކިރުމުގައި ގިނަ ދުވަސްތަކެއް ހޭދަކުރަންޖެހޭތީ ބޮޑުކަންނެލީގެ މަސްވެރިންގެ ޔޫނިއަނުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެ ޔޫނިއަނުން ކުރި ޓުވީޓެއްގައި ބުނީ ކަންނެލި ކިރަން ކިއުގައި 5 ދުވަހު ތިބެން ޖެހުމަކީ ވަރަށް ދެރަ ކަމެއް ކަމަަށެވެ.
އަދި ކަންނެލި މަސްވެރިކަން ކުޑަކޮށްވެސް ރަނގަޅު ވާއިރަށް ކަންނެލި މަސްވެރިން އުޅެން ޖެހޭ ހާލަކީ މިއީ ކަމަށް ބީކޭއެމްޔޫއިން ބުނެފައިވެއެވެ.
“ ދެން ކިޔާނެ ކަންނެލީގެ ކޮލިޓީ ދަށިއްޔޭ، ކަންނެލިބާނަން ހޭދަކުރާ ދުވަހަށްވުރެގިނަ ދުވަސް ކަންނެލި ކިއުގައި ތިބެންއެބަޖެހޭ “ ބީކޭއެމްޔޫ
އެ ޔޫނިއަންގެ މި ޓުވީޓަށް އެހެން މަސްވެރިއަކު ކޮމެންޓެއް ކޮށް ބުނެފައިވަނީ ދޮށީގެ މަސްވެރިންވެސް ތިބީ ކިޔުގައި ކަމަށާއި އައިސްލިބުން އެހާ ތާށި ކަމަށެވެ.