އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ވޯޓުލުން ހަތަރު ރަށެއްގައި ފަށައިފިއެވެ.
އެގޮތުން ށ. ޅައިމަގު، ށ. ކޮމަންޑޫ، ކ. ތުލުސްދޫ އަދި އއ. ތޮއްޑޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންގެ ވޯޓުލުން ފެށިގެން ކުރިއަށްދާ ކަމަށް އިލެކްޝަނުން ހާމަކުރެއެވެ. ވޯޓުލުން ކުރިއަށްދާނީ މިއަދު ހެނދުނު 08:00 އިން ހަވީރު 16:00 އަށް.
މި ހަތަރު ރަށުގައި ވޯޓުލުމުގެ ޝަރުތު ހަމަވާ ހަތަރު ހާސް ހަތަރު ސަތޭކަ ސާޅީސް މީހުން އެބަތިއްބެވެ.