- Advertisement -ad image

ބަންގްލަދޭޝްގައި ބާރުގަދަ ގޮވުމެއް ގޮވައި ބަޔަކު މަރުވެ އެތައް ބަޔަކު ޒަހަމްވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް

ބަންގްލަދޭޝްގައި ބާރުގަދަ ގޮވުމެއް ގޮވައި 5 މީހުން މަރުވެ 100 އަށްވުރެ ގިނަ މީހުން ޒަހަމްވެއްޖެއެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުން ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ރޭ ފަތިހުގެ ވަގުތެއްގައި ބަންގްލަދޭޝްގެ ޗިޓަގޮންގްގެ ސިޓަކުންޑާ އުޕަޒިލާގައި ހުންނަ އިންލަންޑް ކޮންޓެއިނަރ ޑިޕޯޓް (އައިސީޑީ) ގައި އެއްޗެއް ގޮވުމުގެ ސަބަބުންނެވެ. 

މި ހާދިސާގައި ޒަހަމްވި 20 މީހެއްގެ ހާލު ވަރަށް ސީރިއަސް ކަމަށާއި އެމީހުންގެ ހަށިގަނޑުގެ 60 އާއި 90 އިންސައްތަ ވަނީ ފިހިފައި ކަމަށް ޒަހަމްވި މީހުންނަށް ފަރުވާދޭ ޑޮކްޓަރާއި ހަވާލާދީ އޭއެފްޕީ އިން ވަނީ ރިޕޯޓްކޮށްފައެވެ. 

ބައެއް މީޑިއާތަކުން ބުނެފައިވަނީ އެތަނުގައި ބަހައްޓާފައި ހުރި ބައެއް ކޮންޓެއިނަރ ތަކުގައި ކެމިކަލް ކަމަށެވެ. އެއްޗެހިތަކެއް ގޮވިތާ ގިނައިރުަތަކެއް ވެފައިވީނަމަވެސް އަދިވެސް އަލިފާންގަނޑު ކޮންޓްރޯލް ނުކުރެވޭ ކަމަށް ހަބަރު ލިބެއެވެ. މި ޕޯޓަކީ 600 އެއްހާ މީހުން މަސައްކަތް ކުރަމުންދާ ތަނެކެވެ. 
އަލިފާނުގެ ހާދިސާތައް ވަރަށް ގިނައިން ބަންގްލަދޭޝްގައި ހިނގައެވެ. އެގޮތުން މިދިޔަ އަހަރުވެސް ވަނީ ފެރީއެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 39 މީހުން މަރުވެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ