- Advertisement -ad image

ދޮންދީނާ: ޝާއީ ބްރޭންޑްގެ ރަހަތައް ދިވެހިންނަށް ގެނެސްދިން ކުންފުނި!

ad image

ގުޅުންހުރި ލިޔުންތައް


ދިވެހިންނަކީ އަބަދުވެސް އެކި ކަހަލަ ރަހަތަކުގެ ސަޔާއި ބުއިންތަކާއި ވަރަށް ގާތް ބަޔެކެވެ. ދޮންދީނާ ޕްރައިވެޓް ލިމިޓެޑަކީ ދިވެހިން ގަޔާވާ ގޮތަށް ތައްޔާރުކޮށްފައިވާ ޝާއީ ބްރޭންޑްގެ ފްލޭވަރތައް އަތްފޯރާ ފަށަށް ގެނެސްދިން ދިވެހި ކުންފުންޏެވެ.
ދޮންދީނާ ކުންފުނިން ރާއްޖެ އެތެރެކޮށް ވިއްކާ ޝާއީ ބްރޭންޑްގެ ރަހަތަކަށް ބަލާއިރު ބޮމްބޭ ޓީ، މަސާލާ ޓީ، ކާޑަމަން ޓީ ފަދަ ފްލޭވާތައް ހިމެނެއެވެ. އަދި ޖިންޖަރ ޓީ، ލެމަން ޓީ، މިލްކް އަދި ބްލެކް ކޮފީ، ކަޕަޗީނޯގެ އަދި ހޮޓް ޗޮކްލެޓް ހިމެނޭހެން 13 ފްލޭވާއެއް ދޮންދީނާއިން ދަނީ މާކެޓް ކުރަމުންނެވެ.


މީގެ އިތުރުންވެސް ޝާއީ ބްރޭންޑްގެ 150 މިލިލީޓަރ ގެ ތިން ކުލައިގެ ކަރުދާސް ތަށި ދޮންދީނާއިން ވިއްކައެވެ.


އަވައްޓެރި ލަންކާގެ މަޝްހޫރު ހައިސަން ޓީވެސް ރާއްޖެއަށް މާރކެޓް ކުރަނީ ދޮންދީނާ ކުންފުނިންނެވެ. ހައިސަން ޓީއަކީ، ސްރީ ލަންކާގެ މަޝްހޫރު ހައިސަން ޓީސް ޕްރައިވެޓް ލިމިޓެޑުގެ އުފެއްދުމެކެވެ. ދެހާސް ދެވަނަ އަހަރުން ފަށައިގެން އުފައްދަމުން އަންނަ މި ސައިފަތް ދުނިޔޭގެ ސާޅީސް ގައުމެއްގައި އެ ކުންފުނިން މާކެޓް ކުރަމުންދެއެވެ. އޭގެ ތެރޭގައި ޗައިނާއާ، އިރުމަތީ އޭޝިއާގެ ގައުމުތަކުގެ އިތުރުން ޔޫރަޕާ އެމެރިކާ އަދި މެދު އިރުމަތީގެ ގައުމުތައްވެސް ހިމެނެއެވެ.

ޝާއީ ބްރޭންޑްގެ ކޮފީ ވެންޑިންގ މެޝިންތަކަކީވެސް ދޮންދީނަ ކުންފުނިން ރާއްޖެ އެތެރެ ކުރަމުން އަންނަ ވަރަށް ހާއްސަ ޕްރޮޑަކްޓެކެވެ.
ދޮންދީނާ ކުންފުނިން އަންނަނީ ތިން ވައްތަރެއްގެ ވެންޑިން މެޝިން ވިއްކަމުންނެވެ. އެގޮތުން ފޯ ލޭން، ތްރީ ލޭން އަދި ޓޫ ލޭން ގެ މެޝިން ހުރެއެވެ. މުޅި ރާއްޖެ ހިމެނޭ ގޮތުން ގިނަ ކެފޭ ރެސްޓޯރަންޓް ހިންގާ ފަރާތްތަކުގެ މެދުގައި މިހާރު އެންމެ މަގުބޫލު މެޝިނަކީ ހަތަރު ބާވަތުގެ ކޮފީ ނުވަތަ ސައި އެއް ފަހަރާ ހެދޭ މެޝިނެވެ. މި ވައްތަރުގެ މެޝިނަކުން އެއް ކިލޯގެ ހަތަރު ޕައުޑަރުން އެއް ފަހަރާ ހަތަރު ވައްތަރުގެ ކޮފީ ނުވަތަ ސައި ތައްޔާރު ކުރެވޭނެއެވެ.
މިނިޓަކު ހަތަރު ތަށި ހެދުމުގެ ގާބިލުކަން މި މެޝިނުގެ ހުރެއެވެ. ކެފޭތަކަށް އަދި އޮފީސްތަކަށް ބޮޑަށް ހާއްސަކުރެވިފައިވާ މީގެ މެޝިނެއްގެ ބަރުދަނަކީ ވިއްސަކަށް ކިލޯއެވެ.
މި މެޝިން ގަންނަ ފަރާތްތަކަށް ދޮންދީނާ އިން ދޭ ޔަގީން ކަމަކީ ދިމާވާ މައްސަލަތައް ހައްލުކޮށްދިނުމާއެކު މެޝިންގެ ބައެއް ހަލާކުވިއަސް މުޅި މެޝިން ބަދަލު ކުރަން ނުޖެހި މައްސަލަ ދިމާވި ބައި ބަދަލުކޮށްލައިގެން މެޝިން އަލުން ބޭނުން ކުރެވޭނެ ކަމެވެ.

ދޮންދީނާ ޕްރައިވެޓް ލިމިޓެޑުން ވިއްކާ ކޮންމެ ޕްރޮޑަކްޓެއްގެ މައުލޫމާތު ވެސް އެ ކުންފުނީގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ. ދޮންދީނާގެ ވެބްސައިޓަކީ www.dhondheenaa.com އެވެ.
ދޮންދީނާ އިން ރާއްޖޭގެ މާރކެޓަށް އެންމެ ފަހުން ނެރެފައިވަނީ އެޓްލާންޓިސް ބްރޭންޑްގެ ވޯޓާ ޑިސްޕެންސާއެވެ. ތިން ވައްތަރެއްގެ ވޯޓާ ޑިސްޕެންސާ ދޮންދީނާއިން މިހާރު ލިބެން ހުންނާނެއެވެ. ތިން ވައްތަރުންވެސް ހޫނުފެނާ ފިނިފެން އަދި ހިހޫ ފެން ލިބޭނެއެވެ. އެ ތިން ވައްތަރަކީ ބިންމަތީ ބެހެއްޓޭ ގޮތަށް ފަރުމާ ކޮށްފައިވާ މެޝިނާއި މޭޒުމަތީ ބަހައްޓާ ގޮތަށް ފަރުމާކޮށްފައިވާ ދެ މެޝިނެވެ. ބިންމަތީ ބަހައްޓާ މެޝިނުގެ ތިރީގައި މިނީ ބާއެއް ހުންނާނެއެވެ. މޭޒުމަތީ ބެހެއްޓޭ ގޮތަށް ހަދާފައިވާ އެއް މެޝިނަކީ އަތް ނުލާ ބޭނުން ކުރެވޭ ނުވަތަ “ޓަޗްލެސް” މެޝިނެކެވެ.



ދޮންދީނާ ޕްރައިވެޓް ލިމިޓެޑްގެ ހުޅުމާލެ އައުޓްލެޓް ހުންނަނީ ހުޅުމާލޭ ޝްވެކް ސިނަމާ ހުންނަ މަގުގައި ހުޅުމާލޭ ފޭސްޓޫއާ ވީކޮޅުގެ ފަހު ބްލޮކްގައެވެ.

ދޮންދީނާ އިން ވިއްކާ ބާވަތްތަކުގެ މައުލޫމާތު ހޯދުމަށް ނުވަތަ އޯޑަރު ކުރުމަށް 7932831 މި ނަމްބަރަށް ގުޅާލާށެވެ. މާލެ ސަރަހައްދުގެ ކޮންމެ ތާކަށްވެސް ޑެލިވަރީ ކޮށްދޭނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ