ގިނަ ބައެއްގެ މަގުބޫލުކަން ހޯދަމުން އަންނަ ކްރިސްބެލާ ދަބަހަކީ ހޮންކޮންގެ އުފެއްދުމެކެވެ. ކްރިސްބެލާގެ ޑިޒައިން ސްޓައިލަކީ ސާދާ، އަރާމު، އަދި ޓްރެންޑީ ސްޓައިލެކެވެ. މިވައްތަރުގެ ދަބަހަކީ ކޮންމެ ގުރޫޕެއްގެ ކޮންމެ އުމުރަކާވެސް ގުޅޭގޮތަށް އުފައްދާ ދަބަސްތަކެކެވެ.
ކުރިސްބެލާ ދަބަސް ރާއްޖެއަށް ގެނެސް ވިއްކަމުން ދަނީ ފިނެސް އިންނެވެ. ފިނެސް އަކީ ރާއްޖޭގައި ބޫޓާއި އަތްދަބަސް ވިއްކާ މަޝްހޫރު ފިހާރައެކެވެ. ބާޒާރުގައި މިހާރު ހުރި އެންމެ ފަހުގެ ރީތި ކްރިސްބެލާ ދަބަސްތައް ފިނެސްގެ މާލެ އަދި ހުޅުމާލެ އައުލެޓުން ލިބޭނެއެވެ.



ފިނެސްގައި މިވަގުތު ލިބެން ހުރި ކްރިސްބެލާ ދަބަސްތަކުގެ ތެރޭގައި ކްރޮސް ބޮޑީ ބޭގްސް، އޮފީސް ބޭގްްސް، ހޭންޑްބޭގް ކްލަޗްސް ހިމެނެ އެވެ. ކްރިސްބެލާގެ ދަބަސްތައް އުފައްދާފައިވަނީ އާރޓިފިޝަލް ލެދަރ އަދި ޕޮލިމަރ ބޭނުންކޮށްގެންނެވެ.


ފިނެސްއިން ވަނީ ކްރިސްބެލާގެ އިތުރު ޑިޒައިންތައްވެސް ކުރިއަށް އޮތްތަނުގައި މާރކެޓަށް ނެރެމުންދާނެކަމަށް ބުނެފަ އެވެ.
ގިނަ ސްޓައިލްތަކެއްގެ ދަބަސް ކްރިސްބެލާ އިން ފޯރުކޮށްދޭއިރު، ކޮންމެ ދަބަހަކަށް 4 ކުލައާއި 8 ކުލައާއި ދެމެދުގެ ކުލަ ޑިޒައިންކޮށްފައިވެއެވެ.


މިއީ ކަސްޓަމަރުންނަށް އިތުރު ޗޮއިސްތަކެއް ދިނުމަށްޓަކައި، އަންހެނުންނަށް އަބަދުވެސް މި ޕްރޮޑަކްޓްގެ ކަލެކްޝަންތަކުން އަމިއްލަ ސްޓައިލްތަކާއި ކުލަތައް ހޯދުމުގެ މަގު ތަނަވަސް ކުރުމަށް ހަދާފައިވާ ގޮތެކެވެ.
ކްރިސްބެލާގެ ދަބަސް އުފައްދާ ފަރާތުން މަސައްކަތް ކުރަމުންދަނީ ދަބަހަކީ ހަމައެކަނި އެއްޗެހި ބެހެއްޓުމަށް ބޭނުންކުރާ އެކްސެސަރީއެއް ނުވަތަ ކޮންޓެއިނަރެއް ކަމަށް ނުހެދުމަށެވެ.


ކްރިސްބެލާ އަންނަނީ ތަފާތު ސްޓައިލްތައް ތަޖުރިބާކޮށް، އެންމެ ރަނގަޅު ތަކެތި ބޭނުންކޮށްގެން، ކޮންމެ ދަބަހެއް އަތުން ހެދުމަށް ބާރުއަޅަމުންނެވެ.
މި ހުރިހާ ކަމެއް ވެސް ކުރެވެނީ ހަމައެކަނި ކްރިސްބެލާ ދަބަސް ގެންގުޅޭ އަންހެން ކުދިންނަށް އިތުބާރާއެކު އަމިއްލަ ސްޓައިލްތައް ދައްކާލުމަށާއި، އަދި ރަނގަޅު މުޅިން އައު މީހަކަށް ވުމުގެ ފުރުސަތު ދިނުމަށެވެ.



ކްރިސްބެލާ އަތްދަބަހަކީ ދުނިޔޭގެ މަޝްހޫރު ފިލްމީތަރިންވެސް ބޭނުންކުރަމުން އަންނަ ދަބަސްތަކެކެވެ. ކޮންމެ ކަހަލަ ފެޝަން އަކަށް ވެސް ގުޅޭގޮތަށް އުފައްދާ މި ބްރޭންޑްގެ އަތް ދަބަސްތަކުގެ ކޮލެޓީވެސް ނުހަނު ރަނގަޅުވާނެ ކަމަށް ފިނެސްއިން ބުނެއެވެ.
https://instagram.com/finessemv?igshid=YmMyMTA2M2Y=
ފިނެސްގެ އިންސްަޓްރަގްރާމް ޕޭޖް ލިންކް.