- Advertisement -ad image

ރޯދަމަސް ފެށެން 7 ދުވަސް: ލުނބޯ އަދި ކާށީގެ އަގު އިންތިހާއަށް ބޮޑު!

ad image

ގުޅުންހުރި ލިޔުންތައް


ކުރިއަށް އޮތީ ރަމަޟާން މަހެވެ. ރަމަޟާން މަހަކީ ކެއިންބުއިމުގެ ކަންކަން ތަފާތު ގޮތަކަށް ބައްޓަން ކުރަންޖެހޭ މައްސަރެކެވެ.
ރޯދަމަސް ފެށެން 7 ދުވަހަށްވެފައިވާއިރު ބާޒާރުގައި ބައެއް ތަކެތީގެ އަގު ހުރީ ވަރަށް ބޮޑު ކޮށެވެ.


އެގޮތުން ކާއްޓެއް ލިބެން ހުރީ 15 ރުފިޔާ، 20 ރުފިޔާ އަދި 25 ރުފިޔާ އަށެވެ.
އަދި ލުނބޯ ކިލޯއެއް ހުރީ 70 ރުފިޔާ އާއި 80 ރުފިޔާ ދެމެދުގެ އަގެއްގައެވެ.
ގިތޮޔޮ މިރުސް ހުރީ 100 ރުފިޔާއަށް ކިލޯއެކެވެ.


އެހެނިހެން ތަކެތީގެ އަގަށް ބަލާއިރު އެވްރެޖްކޮށް މާބޮޑު ތަފާތެއް ފާހަގައެއް ނުކުރެވެއެވެ. ނަމަވެސް ކުރުނބާ، ފެޝަންފުރުޓް އަދި ދޮންއަނބުގެ އަގު ރޯދަމަހު ކޮންމެވެސް ވަރަކަށް މައްޗަށް ދާނެ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ