- Advertisement -ad image

ރޯލްސްރޮއިސް އިން ކޮރެއާގައި އިލެކްޓްރިކް ވެހިކަލް ސްޕެކްޓްރޭ ލޯންޗު ކުރަން ނިންމައިފި

ad image

ގުޅުންހުރި ލިޔުންތައް


ރޯލްސްރޮއިސް މޮޓޯ ކާރސް އިން ފުރަތަމަ ޕިޔޯރ އިލެކްޓްރިކް ވެހިކަލް ސްޕެކްޓްރޭ ކޮރެއާގައި މިއަހަރުގެ ޖޫން މަހު އިފުތިތާހު ކުރާނެއެވެ.
2022 ވަނަ އަހަރު ރޯލްސް ރޮއިސް މޮޓޯކާސް އުފެދުނު ފަހުން އެންމެ މަތީ ސޭލްސް ޕާފޯމަންސް ދައްކަމުން އަންނައިރު މިއީ އޭޝިއާގެ ފުރަތަމަ ލޯންޗުކުރުމެވެ.
ޕެސިފިކް ސަރަހައްދުގެ މައްޗަށް ބިނާކޮށް ލަގްޒަރީ ކާރު ބްރޭންޑުން ވިޔަފާރީގައި ރަނގަޅު ފައިދާއެއް ހޯދައި ވިޔަފާރި އަށް ބޮޑު ކުރިއެރުމެއް ހޯދަން ކޮރެއާގެ މާރކެޓް ވަރަށް ބޮޑު ދައުރެއް އަދާކުރި ކަމަށް ރިޕޯޓްތައް ބުނެއެވެ.
ކޮރެއާގެ މާކެޓް ނިސްބަތްވާ އޭޝިއާ ޕެސިފިކް ސަރަހައްދުގައި ވަރުގަދަ ސޭލްސް ޕާފޯމަންސްގެ ސަބަބުން ރޯލްސްރޮއިސް އިން މިދިޔަ އަހަރު މުޅި ދުނިޔޭގައި ޖުމްލަ 6،021 ޔުނިޓް ވިއްކާފައިވެ އެވެ. މިއީ 2021 ވަނަ އަހަރާ އަޅާބަލާއިރު 8 ޕަސެންޓް އިތުރުވުމެކެވެ.މިއީ ރޯލްސްރޮއިސްގެ އަހަރީ ވިޔަފާރި 6،000 ޔުނިޓަށް ވުރެ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ.
ރޯލްސްރޮއިސް އިން މިދިޔަ އަހަރު ކޮރެއާގައި 234 ޔުނިޓް ވިއްކާފައިވާއިރު، މި މުއްދަތުގައި ޖަޕާނުގައި ވިއްކާފައިވަނީ 240 ޔުނިޓް ކަމަށް ކޮރެއާ އޮޓޯމޮބައިލް އިމްޕޯޓާސް އެންޑް ޑިސްޓްރިބިއުޓަރސް އެސޯސިއޭޝަން (ކައިޑާ) އިން ބުނެފައިވެއެވެ. 2004 ވަނަ އަހަރު ރޯލްސްރޮއިސް އިން ސިއޯލް ޝޯރޫމް ހުޅުވި ފަހުން ސިއޯލް ޝޯރޫމް ވެފައިވަނީ ދުނިޔޭގެ އެންމެ ބޮޑު ފަސް ޑީލަރޝިޕް ހިނގާ އެއް ޝޯރޫމްއަށެވެ.

spot_img

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ