- Advertisement -ad image

މަޝްހޫރު ސެންޓް ބްރޭންޑް “ ޑީ އެންޑް ޕީ ޕާފިއުމް” ވެސް ރާއްޖެއަށް!

ad image

ގުޅުންހުރި ލިޔުންތައް

ދިވެހިންނަކީ އަބަދުވެސް އެކި ވަސްދުވާ އެކި ވައްތަރުގެ ސެންޓަށް ވަރަށް ލޯބިކުރާ ބައެކެވެ. މިފަހަރު ދިވެހިންގެ އަތްފޯރާ ފަށަށް މިގެނެސްދިނީ ޑީ އެންޑް ޕީގެ ސެންޓްތަކެވެ. މާލޭގައި ރަށްދެބައިމަގުގެ ޗަމްޕާ ސެންޓްރަލް ހޮޓާ ކައިރީގައި މިހާރު ވަނީ ޑީ އެންޑް ޕީގެ އައުޓްލެޓެއް ހުޅުވާފައެވެ.
ޑީ އެންޑް ޕީގެ މި ފިހާރައަށް ޒިޔާރަތްކޮށްގެން މި ބްރޭންޑްގެ ސެންޓްގެ ވައްތަރުތައް ގަނެލުމުގެ އިތުރުން ފިހާރައިގެ ވެބްސައިޓުން އޯޑަރު ކޮށް އޮންލައިންކޮށް ވެސް ވިޔަފާރި ކުރެވޭނެއެވެ.


މާލެ ސަރަހައްދުގެ ކޮންމެ ތަނަކަށްވެސް ހިލޭ ޑެލިވަރީކޮށްދޭއިރު ބޯޓުތަކަށްވެސް ހިލޭ ޑެލިވަރީ ކޮށްދޭނެ ކަމަށް އެ ފިހާރައިން ބުނެއެވެ.
ޑީ އެންޑް ޕީ ސެންޓް ފިހާރާގައި އަންހެނުންނަށް ހާއްސަ 225 ވައްތަރާއި، ފިރިހެނުންނަށް ހާއްސަ 144 ވައްތަރުގެ އިތުރުން ދެ ޖިންސަށް ހާއްސަ 25 ވައްތަރުގެ ސެންޓް ލިބެން ހުންނާނެކަމަށް އެ ފިހާރައިން މައުލޫމާތު ދެއެވެ.
މި ފިހާރައިން ތިން ސައިޒެއްގެ ސެންޓް ލިބެން ހުރެއެވެ. މީގެ ތެރެއިން 30 އެމްއެލް ފުޅިއެއް ވިއްކަނީ 300 ރުފިޔާއަށެވެ. 50 އެމްއެލް ފުޅިއެއް 475 ރުފިޔާ އަށް ލިބެން ހުރިއިރު، އަދި 100 އެމްއެލް ފުޅިއެއް 800 ރުފިޔާ ގަންނަން ލިބޭނެއެވެ.

1999 ވަނަ އަހަރު ތުރުކީގައި އުފެއްދި ޑީ އެންޑް ޕީ ޕާފިއުމަކީ މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނަން ހިނގާ ބައިނަގްއަގްވާމީ ބްރޭންޑެކެވެ. މި ބްރޭންޑް އުފެއްދުމުގެ އެއް ވިސްނުމަކީ ވަރަށް އާދައިގެ ވިސްނުމެކެވެ. އެއީ ކޮންމެ މީހަކަށް ވެސް ގަނެލެވޭ ވަރުގެ އަގުތަކެއްގައި ފެންވަރު ރަނގަޅު އަދި މީރުވަސް ދުވާ ޕަރފިއުމްތައް ފުޅާ ދާއިރާއެއްގައި ލިބޭނެ ގޮތް މަގުފަހި ކުރުމަށެވެ.
މިހާރު 24 އަހަރު ވެފައިވާ މި ބްރޭންޑުގެ އައުޓްލެޓްތައް ދުނިޔޭގެ 51 ގައުމެއްގެ، 100 އަށްވުރެ ގިނަ ސިޓީގައި ހިންގަމުންދާއިރު، އައުޓްލެޓްތަކުގެ އަދަދު 500 އަށްވުރެ މައްޗަށް އަރައެވެ. އަދި މި ބްރޭންޑްގެ އުފެއްދުންތަކުގެ އަދަދު 400 އަށްވުރެ މައްޗަށް އަރައެވެ.


މި ބްރޭންޑްގެ ޕަރފިއުމްތައް އުފެއްދުމުގައި ބުރަ މަސައްކަތްތަކެއް ކުރާއިރު، ކޮންމެ މިފަދަ ޕްރޮޑަކްޓެއް ވެސް ތައްޔާރު ކުރަނީ، ރަނގަޅު މިންވަރަކަށް އެންމެ ރަނގަޅު އިންގްރިޑިއަންޓްސް ބޭނުން ކޮށްގެންނެވެ. ބޭނުން ވަނީ ކަސްޓަމަރުންނަށް އުއްމީދާއި އެއްގޮތަށް ޕްރިމިއަމް ތަޖުރިބާ ހޯދައިދިނުމެވެ.



އޭގެ އިތުރުން ފާހަގަކޮށްލަން ޖެހޭ ކަމަކީ ޑީ އެންޑް ޕީ ޕާފިއުމް ތައްޔާރު ކުރަމުން ދަނީ ޔޫރަޕިއަން ޔޫނިއަންގެ މެމްބަރު ގައުމުތަކުން ފޯރުކޮށްދޭ ރޯ މެޓީރިއަލްސް ބޭނުން ކޮށްގެންނެވެ. މި މެޓީރިއަލްސް އަކީ އިންސާނުންގެ ސިއްހަތާ ގުޅުންހުރި ކޮންޓްރޯލްތައް އެންމެ މަތީ ފެންވަރެއްގައި ހުންނަ ތަކެއްޗަށްވާއިރު، ހުރިހާ ރޯ މެޓީރިއަލްތަކެއް ވެސް އައިއެފްއާރްއޭ (އިންޓަނޭޝަނަލް ފްރެގްރެންސް އެސޯސިއޭޝަން)ގެ ސްޓޭންޑަށް ފެތެއެވެ.



އޭގެ އިތުރުން މި އައުޓްލެޓް އިން، ޑިއޯޑްރަންޓާއި، ކޮލޯން އާއި އޫދް ޕަރފިއުމްގެ އިތުރުން، ނިޗް ކަލެކްޝަން، ކޮޓަރިއަށް ޖަހާ އެއަރ ފްރެޝަނަރ އާއި ވެހިކަލް އެއަރ ފްރެޝަނަރ އާއި ރީޑް ޑިފިއުސަރ ވެސް ލިބެން ހުންނާނެއެވެ.
މި ފިހާރައިން ޑެލިވަރީ ހިދުމަތްވެސް ދެއެވެ. އެގޮތުން 9788158 އަށް ވަޓްސްއެޕް ނޫނީ ވައިބާ ކޮށްލައިގެން ބޭނުންވާ ކޮންމެ ޕްރޮޑަކްޓެއް މާލެ ސަރަހައްދުގެ ކޮންމެ ތަނަކަށް ވެސް ހިލޭ ޑެލިވަރީ ކޮށްދޭނެއެވެ.

https://instagram.com/dpperfumum.mv?igshid=YmMyMTA2M2Y=

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ