ގޭގައި ތިބެގެން ތާޒާ ކަނޑުމަހާއި މަހުގެ ހުރިހާ ބާވަތްތަކެއް ގޭގެ ދޮރާ ހަމައަށް ޕްލެނެޓު ފިޝް އިން ގެނެސްދޭނެއެވެ.
ގުޅާލައިގެން އަދި ވައިބަރ ކޮށްލައިގެން ޕްލެނެޓް ފިޝް ފިހާރައިން ވިއްކާ ކޮންމެ ވައްތަރެއްގެ މަހަކަށްވެސް އޯޑަރު ދެވޭނެއެވެ.
އެގޮތުން ކޮންމެ ދުވަހަކުވެސް މަސް ދޯނިތަކުން ލިބޭ ތާޒާ މަސް، ގުޅާލުމުން މާލެ އަދި ހުޅުމާލޭގެ ރަށްވެހިންގެ ގެތަކަށް ގެންގޮސްދިނުމުގެ ޚިދުމަތް ޕްލެނެޓް ފިޝްއިން ދެއެވެ.
މިގޮތުން ތާޒާ ފަރުމަސް، ކަނޑުމަސް، ކަންނެލި މަސް، ބަޑައިދޫ، ދޮންބިސް ވެސް ލިބިގެންދާނެކަމަށް ޕްލެނެޓް ފިޝް ފިހާރައިން ފާހަގަކުރިއެވެ.
މި މަސްތައް ގަންނަން ލިބޭނީ އަތްފޯރާ އަގުތަކެއްގައެވެ. މި ޚިދުމަތް ބޭނުންވާ ފަރާތްތަކުން 9372273 އަށް ގުޅުމުން މަހުގެ އަގާއި އެހެނިހެން މައުލޫމާތު ލިބިގެންދާނެއެވެ.
