ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން އެސްޓީއޯ އިން ވިއްކާ ޕެޓްރޯލާއި ޑީސަލުގެ އަގުހެޔޮކޮށްފިއެވެ.
އެގޮތުން މިހާރު ޕެޓްރޯލްޱލީޓަރެއް ވިއްކަމުން އަންނަނީ 15.14 ލާރިއަށެވެ. އަގަށް ބަދަލު ގެނައުމުގެ ކުރިން ޕެޓްރޯލް ވިއްކާފައިވަނީ 15.97 ލާރިއަށެވެ. މިއީ 83 ލާރީގެ ހެޔޮވުމެކެވެ.
ކުރިން ޑީސަލް ލީޓަރެއް ވިއްކަމުން އައީ 16:32 ލާރިއަށެވެ. ޑީސަލް ލީޓަރަކުން 62 ލާރި ހެޔޮކޮށް މިއަދުން ފެށިގެން ޑީސަލް ލީޓަރެއް ވިއްކަމުން ދާނީ 15.70 ލާރިއަށް ކަމަށް އެސްޓީއޯއިން ހާމަކުރެއެވެ.
