- Advertisement -ad image

ސައުވީސްގަޑިއިރު ހިދުމަތް ލިބޭގޮތަށް “އިހުސާން ފިހާރައިގެ” އައުޓުލެޓެއް ފޭސް ދެއެއްގައި ހުޅުވައިފި

ad image

ގުޅުންހުރި ލިޔުންތައް


ސައުވީސް ގަޑިއިރު ހިދުމަތް ދޭ ގޮތަށް ހުޅުމާލޭ ފޭސް ދެއެއްގައި “ އިހުސާން ފިހާރައިގެ” އައުޓުލެޓެއް މިއަދު ހުޅުވައިފިއެވެ.
މިއަދު ހެނދުނު 07:00 ގައި، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ގިނަ މުދާ އެއްފަހަރާ ލިބޭގޮތަށް ހުޅުވާލި މި ފިހާރައިގެ ނަމަކީ “އިހުސާން ފިހާރަ 3” އެކެވެ. މި ފިހާރަ ހުޅުވީ ހުޅުމާލޭގެ ފޭސް 2 ގައި އިމާރަތްކޮށްފައިވާ ވިނަރެސް ފްލެޓް 10 ވަނަ ޓަވަރުގެ ގްރައުންޑް ފުލޯގައެވެ. އިހްސާން ފިހާރައަކީ 1988 ވަނަ އަހަރުން ފެށިގެން މާލޭގައި ސުޕަމާކެޓް ވިޔަފާރި ފުޅާދާއިރާއެއްގައި ކުރަމުން އަންނަ ކުންފުންޏެކެވެ. މީގެ ކުރިން އިހްސާން ފިހާރައިގެ ގޮފިތައް ވަނީ މާލެ، އަދި ވިލިމާލޭގައިވެސް ހުޅުވާފައެވެ.
އަދި މިފިހާރައާއި އެކު ހުޅުމާލޭގައި ދިރިއުޅޭ ހުރިހާ ރައްއިތުންނަށް އިހްސާން ފިހާރައިގެ ހިދުމަތް ލިބިގެން ދާނެއެވެ.


އިހްސާން ފިހާރައިގެ ޖެނަރަލް މެނޭޖަރ މުހައްމަދު އިހްސާން ހިރާސްއަށް ވިދާޅުވީ، ހުޅުމާލޭގައި މި ހުޅެވުނު ފިހާރައާއި އެކު ހުޅުމާލެ ފޭސް 2 ގައި ދިރިއުޅޭ ހުރިހާ ރައްއިތުންނަށް މާލެއާއި އެއްއަގެއްގައި ހުރިހާ މުދަލެއްވެސް ލިބިގެން ދާނެކަމަށެވެ.
އަދި ގިނަ އަދަދެއްގެ މުދާ އެއްތާކުން ލިބިގެން ދާނެކަމަށާއި އުއްމީދު ކުރަނީ އަބަދުވެސް ރައްޔިތުންގެ މެދުގައި އިހްސާން ފިހާރައާއި މެދު އުފެދިފައިވާ އިތުބާރާއި ޔަގީންކަން ދެމެހެއްޓުން ކަމުގައި ވިދާޅުވިއެވެ.
މި ހުޅެވުން ފިހާރައިގައި 2 ފަންގިފިލާ އިންކަމުގައި ވީނަމަވެސް ފުރަތަމަ ރައްޔިތުންނަށް ހުޅުވާލާފައިވަނީ ގްރައުންޑުފުލޯކަމަށާއި، ވީހާވެސް އަވަހަކަށް ފުރަތަމަ ފަންގިފިލާ ރައްޔިތުންނަށް ހުޅުވާލާނެ ކަމުގެ ޔަގީން ކަން އިހްސާން ވަނީ ދެއްވާފައެވެ. ފުރަތަމަ ފަންގިފިލާ ހުޅުވާލުމާއި އެކު، އިހްސާން ފިހާރައިން ފޭސް 2 ގައި ހުޅުވި ފިހާރައިން ހައުސް ހޯލްޑު، އިލެކްޓްރޯނިކްސް، ގާމެންޓްސްގެ އެކި ވެރައިޓީސް ކަސްޓަމަރުންނަށް އެއްތާކުން ލިބިގެން ދާނެއެވެ. އަދި މީގެ އިތުރުން ފަސްޓް ފުލޯގައި ޓޭކްއަވޭ ޕޭސްޓްރީ ކޯނާއެއް އިންނާނެ ކަމުގެ ޔަގީންކަންވެސް އިހްސާން ވަނީ ދެއްވާފައެވެ. ވީމާ މި ހުޅެވުނު ފިހާރަ ވެގެން ދާނީ ހުޅުމާލޭ ގެ ރައްއިތުންނަށް ލިބިގެން ދާނެ ވަރަށް ބޮޑުލުޔެއް ކަމުގައި ފާހަގަ ކޮއްލަމެވެ.
އިހްސާން ފިހާރައަކީ މާލޭގެ ދެވަނައަށް އެންމެ ބޮޑު ސުޕަމާޓް ވިޔަފާރިކުރަމުން އަންނަ އަދި ރައްއިތުންގެ މެދުގައި އަގުހެކޮށް މުދާވިއްކުމުގައި މަޝްހޫރުކަން ހޯދާފައިވާ ފިހާރައެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ