ފިއުލް ސަޕްލައިޒް މޯލްޑިވްސްއަކީ ފައިދާ ނެރޭ ކުންފުންޏަކަށް ހެދުމަކީ އަމާޒުކަމަށް އެ ކުންފުންޏާ އަލަށް ހަވާލުވެވަޑައިގެންނެވި މެނޭޖިން ޑިރެކްޓަރ އިސްމާޢިލް ސުހެއިލް ހާމަކުރައްވައިފިއެވެ.
ހިރާސްއަށް ދެއްވި އިންޓަރވިއުއެއްގައި ސުހެއިލް ވިދާޅުވީ, ނިމިދިޔަ ސަރުކާރުން ދަރަނި އަދާނުކޮށް ހުރުމުން ބޮޑެތި ޗެލެންޖަސްތައް އެބަހުރި ކަމަށެވެ.
ނަމަވެސް ރައީސް ޑރ. މުަހައްމަދު މުއިއްޒުގެ ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން އެފްއެސްއެމަކީ ފަސް އަހަރު ތެރޭ ދަރަނި އަދާކޮށް ފައިދާ ނެރޭ ކުންފުންޏަކަށް ހައްދަވާ ކުންފުނި ނަގާ ކޮޅަށް ޖައްސަވާނެ ކަމަށް ވެސް ސުހެއިލް ވިދާޅުވިއެވެ
“އެފްއެސްއެމް ރަނގަޅަށް ހިންގިއްޖެ ނަމަ މިއީ ދައުލަތަށް ފައިސާ ވަރަށް ރަގަޅަށް ވައްދާ ދެވޭނެ ކުންފުންޏަކަށް ވާނެ. އަޅުގަނޑުގެ އަމާޒަކީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެފްއެސްއެމް ނަގާ ކޮޅަށް ޖަހާ ކުންފުނީގެ ދަރަނި އަރަންޏަށް ބަދަލުކުރުން. އިންޝﷲ އެކަން ކުރަން ރެޔާ ދުވާލު ވަރުބަލިކަމެއް ނެތި މަސައްކަތްކުރާނަން” ސުހެއިލް ވިދާޅުވިއެވެ.
ސުހެއިލް އިތުރަށް ވިދާޅުވީ މުވައްޒްފުންގެ އެއްބާރުލުން އެކަމުގައި ނުހަނު ބޭނުންވާނެ ކަމަށެވެ.