- Advertisement -ad image

ބޭރު ދަތުރުތައް ފުޅާކުރުމަށް ވައިޑް-ބޮޑީ އެއާކްރާފްޓެއް ހޯދަން ގައުމީ އެއަރލައިނުން އިއުލާނުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

މޯލްޑިވިއަންއިން ރާއްޖެއިން ބޭރަށްކުރާ ދަތުރުތައް ފުޅާކޮށް އިތުރުކުރުމަށްޓަކައި ވައިޑް-ބޮޑީ މަތިންދާބޯޓެއް ހޯދުމަށް މިއަދު އިއުލާނުކޮށްފިއެވެ.

އައިލެންޑް އޭވިއޭޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ އެއާބަސް އޭ-330-220 މަރުކާގެ މަތިންދާބޯޓެއް ޑްރައި ލީސް އުސޫލުން އެ ކުންފުންޏަށް ބޭނުންވާ ކަމަށެވެ. އެ މަތިންދާބޯޓަކީ މޯލްޑިވިއަންއިން ރާއްޖެއިން ބޭރުގެ މަންޒިލުތަކަށް ކުރާ ސީދާ ދަތުރުތައް އިރުކުރަން ހޯދާ މަތިންދާބޯޓެއް ކަމަށް އެ ކުންފުނިން ބުނެއެވެ. ޑްރައި ލީސްގެ އުސޫލުން ނަގާ މަތިންދާބޯޓު މަރާމާތުކުރުމާއި ތެޔޮ އެޅުމާއި ފަޅުވެރިން ހަމަޖެއްސުން ފަދަ މަތިންދާބޯޓު އޮޕަރޭޓުކުރުމުގައި ކުރަންޖެހޭ ހުރިހާ ޚަރަދެއް ހަމަޖައްސާނީ އެ އުޅަނދު ކުއްޔަށް ނަގާ ފަރާތުންނެވެ.

އައިލެންޑް އޭވިއޭޝަނުން ހުޅުވައިލި ބީލަމަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނީ 2024 ޖަނަވަރީ މަހުގެ 18 ވަނަ ދުވަހުގެ ހަވީރު 4:00 ޖެހުމާއި ހަމައަށެވެ. އަދި އައިލެންޑު އޭވިއޭޝަނުން ބުނެފައިވަނީ ލަސްވެގެން އަންނަ އަހަރުގެ ދެވަނަ ކުއާޓާގައި އެ މަތިންދާބޯޓު ފޯރުކޮށްދޭންޖެހޭނެ ކަމަށެވެ.

ވައިޑް-ބޮޑީ އެއާ ކުރާފްޓު ގެނެސް ޤައުމީ އެއާލައިންގެ އޮޕަރޭޝަންތައް ފުޅާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެ ވައުދުފުޅާ އެއްގޮތަށް ވައިޑް-ބޮޑީ މަތިންދާބޯޓެއް ގެނައުމަށް ބޭނުންވާ ފައިސާ ފިނޭންސް މިނިސްޓްރީން މޯލްޑިވިއަންއަށް ހަމަޖައްސައިދިނުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅުގެ މަތިން ރައީސްވަނީ ނިންމަވާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ