- Advertisement -ad image

ރާއްޖޭގެ ޓޮޕް މާކެޓްގައި އޮތް އިންޑިޔާ ފަހަތަށް ޖައްސާލުމަށްފަހު ޗައިނާ ކުރިއަށް!

ad image

ގުޅުންހުރި ލިޔުންތައް

މި މަހުގެ މިހާތަނަށް ރާއްޖެއަށް 128،000 އަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފިއެވެ.

ފަތުރުވެރިކަމާއި ބެހޭ ވުޒަރާއިން އިއްޔެ އާއްމުކޮށްފައވާ ތަފާސްހިސާބުތައް ދައްކާގޮތުން މި މަހުގެ 21 ވަނަ ދުވަހާއި ހަމައަށް ރާއްޖެއަށް 128،548 ފަތުރުވެރިން އައިސްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާކިޔާއިރު، 11 އިންސައްތައިގެ ކުރިއެރުމެކެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ 21 ދުވަހުގެ ތެރޭގައި ރާއްޖެ އައިސްފައި ވަނީ 115،187 ފަތުރުވެރިންނެވެ.

ހިސާބުތައް ދައްކާ ގޮތުން މި މަހު އެވްރެޖްކޮށް ރާއްޖެއަށް ކޮންމެ ދުވަހަކު 6،121 ފަތުރުވެރިން އާދެއެވެ އަދި އެ މީހުން އެވްރެޖްކޮށް 8 ދުވަސް ހޭދަކުރާ ކަމަށް ހިސާބުތަކުން ދައްކައެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ކަަމަށް ދައްކަނީ ރަޝިޔާއިންނެވެ. އެ ގައުމުން ރާއްޖެއަށް 14،495 ފަތުރުވެރިން އައިސްފައިވާއިރު، ދެވަނައިގައި އޮތް އިޓަލީން ރާއްޖެއަށް 13،965 ފަތުރުވެރިން އައިސްފައި ވެއެވެ. އިނގިރޭސިވިލާތުން 10،689 ފަތުރުވެރިންނާއެކު އެ ލިސްޓުގެ ތިންވަނައިގައި އޮތްއިރު، ޗައިނާ ވަނީ 10،113 ފަތުރުވެރިންނާއެކު ލިސްޓުގެ ހަތަރު ވަނައަށް ޖެހިލާފައެވެ.

ޓޮޕް މާކެޓްތަކަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާއިރު، މީގެ ކުރިން ލިސްޓުގެ ތިން ވަނައިގައި އޮތް އިންޑިއާ އޮތީ ލިސްޓުގެ ފަސް ވަނައިގައެވެ. އެ ގައުމުން ރާއްޖެއަށް މިހާތަަނަށް 10،113 ފަތުރުވެރިން އައިސްފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ