- Advertisement -ad image

ރޮނާލްޑޯގެ ލޯބިވެރިޔާ ޖޯޖީނާ “ބިއޮންޑް” އެއާލައިންގައި ރާއްޖެއަށް!

ad image

ގުޅުންހުރި ލިޔުންތައް

ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ލޯބިވެރިޔާ ޖޯޖީނާ ރޮޑްރިގޭޒް ރާއްޖޭގެ ފުރަތަމަ ޕްރިމިއަމް ލެޝަރ އެއާލައިން ކަމަށްވާ “ބިއޮންޑް” ގައި ރާއްޖެ އައިސްފިއެވެ.

ޖޯޖީނާ ވަނީ އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ބިއޮންޑް މަތިންދާ ބޯޓެއްގައި ނަގާފައިވާ ސޯލޯ ފޮޓޯތަކެއް ހިއްސާކޮށްފަ އެވެ. ޖޯޖީނާގެ އިންސްޓަގްރާމް ސްޓޯރީގައި އާންމުކޮށްފައިވާ ފޮޓޯތައް ބިއޮންޑް އިން ވަނީ “އެންޖޯއި މޯލްޑިވްސް” ގެ ކެޕްޝަނަކާ އެކު ރީޕޯސްޓު ކޮށްފަ އެވެ.

ޖޯޖީނާ ރާއްޖެ އައިސްފައިވަނީ ރޭގެވަގުތެއްގައެވެ. ނަމަވެސް މި ދަތުރާއި ގުޅޭ އެއްވެސް ތަފުސީލެއް އެއްވެސް ފަރާތަކުން އަދި މީޑިއާ އަށް ހިއްސާކޮށްފައެއް ނުވެއެވެ.

ބިއޮންޑަކީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ލަގްޒަރީ ތަޖުރިބާއެއް ހޯދައިދިނުމުގެ ގޮތުން ސިމްޑީ ގްރޫޕާއި އެމިރާޓީ އިންވެސްޓްމަންޓް ފާމް އަރަބިސްކު ގުޅިގެން އުފައްދާފައިވާ ކުންފުންޏެކެވެ. 2-2 ކޮންފިގްރޭޝަނެއްގައި ލައިބެކް ސީޓުތައް ތަރުތީބުކޮށްފައިވާ އޯލް ބިޒްނަސް ކްލާސް އިންޓީރިއާ ކެބިންއެއް ބިއޮންޑް އެއާކްރާފްޓްތަކުގައި ހުރެ އެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ތައާރަފްކުރި މި އެއާލައިނުން ރާއްޖެއަށް ސީދާ ދަތުރުތައް ފަށާފައިވަނީ ސައުދީ އަރަބިއްޔާގެ ރިޔާދާއި ޖަރުމަނުގެ މިއުނިކާއި ސްވިޒަލޭންޑްގެ ޒިއުރިކްއާ ދެމެދު ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.

އެ އެއާލައިނުން މި އަހަރު އިތުރު ގައުމުތަކަށް ސީދާ ދަތުރުތައް ފަށާނެ ކަމަށް ބެލެވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ