- Advertisement -ad image

ދުނިޔޭގެ އެންމެ ބޮޑު ކްރޫޒް ޝިޕްގެ ފުރަތަމަ ދަތުރު ފަށައިފި

ad image

ގުޅުންހުރި ލިޔުންތައް

ދުނިޔޭގެ އެންމެ ބޮޑު ކްރޫޒް ޝިޕް ފްލޮރިޑާގެ މިއާމީއިން ފުރަތަމަ ދަތުރު ފަށައިފި އެވެ.

365 މީޓަރު ދިގު، އައިކަން އޮފް ދަ ސީސްގައި 20 ޑެކް ހުންނައިރު، އެ ޝިޕްގައި 7،600 ފަސިންޖަރުންނާއި، 2،350 ފަޅުވެރިންނަށް ތިބެވޭނެ އެވެ. 

އައިކަން އޮފް ދަ ސީސް އަކީ ރޯޔަލް ކެރީބިއަން ގްރޫޕްގެ ހިއްސާ އޮންނަ ކުންފުންޏެއްގެ ބޯޓެކެވެ. މި އުޅަނދު ދަތުރު ކުރަނީ ޓްރޮޕިކް ސަރަހައްދުގައި ހަތް ދުވަހުގެ އައިލެންޑް ހޮޕިން ދަތުރަކަށެވެ.

ނަމަވެސް ތިމާވެށީގެ މާހިރުން ވަނީ މި ޝިޕްގެ ދަތުރުތައްފެށުމާއެކު ތިމާވެއްޓަށް ލިބޭނެ ގެއްލުންތަކާއި ގުޅޭގޮތުން އިންޒާރު ދީފައެވެ. އެގޮތުން  ލިކުއިފައިޑް ގުދުރަތީ ގޭހުން ދުއްވާ މި އުޅަނދުގެ ސަބަބުން ވައިގެ ތެރެއަށް ގެއްލުންހުރި މީތޭން ލީކުވާނެ ކަމަށް ތިމާވެށީގެ މާހިރުން ބުނެއެވެ.

އިންޓަނޭޝަނަލް ކައުންސިލް އޮން ކްލީން ޓްރާންސްޕޯޓް (އައިސީސީޓީ) ގެ މެރިން ޕްރޮގްރާމްގެ ޑިރެކްޓަރު ބްރަޔަން ކޮމާ އާ ހަވާލާދީ ރޮއިޓާސް ނިއުސް އެޖެންސީން ބުނެފައި ވަނީ މިއީ ގޯސް ދިމާލަކަށް އެޅި ފިޔަވަޅެއް ކަމަށެވެ.

“އަޅުގަނޑުމެން އަންދާޒާ ކުރާނީ މެރިން ފިއުލްއެއްގެ ގޮތުގައި އެލްއެންޖީ ބޭނުންކުރުމުން މެރިން ގޭސް ތެލަށް ވުރެ 120 އިންސައްތަ އިތުރު ލައިފް ސައިކަލް ގްރީންހައުސް ގޭސްއިން ބޭރުވާ ކަމަށް،” އޭނާ ވިދާޅުވި އެވެ.

މި ހަފުތާގެ ކުރީކޮޅު އައިސީސީޓީއިން ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ އެލްއެންޖީއިން ތެޔޮ އަޅާ އުޅަނދުތަކުން މީތޭން ބޭރުކުރާ މިންވަރު މިހާރު އަމަލުކުރަމުންދާ ގަވައިދުތަކަށް ވުރެ ގިނަ ކަމަށެވެ.

ރޯޔަލް ކެރީބިއަންގެ ތަރުޖަމާނަކާ ހަވާލާދީ މީޑިއާތަކުން ބުނީ އައިކަން އޮފް ދަ ސީސް އަކީ ޒަމާނީ އުޅަނދުތަކަށް އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަނުން ބޭނުންވާ ވަރަށް ވުރެ 24 ޕަސެންޓް ހަކަތަ އެފިޝިއަންޓް އެއްޗެއް ކަމަށެވެ. އެ ކުންފުނީގެ ވިސްނުން ހުރީ 2035 ވަނަ އަހަރުގެ ނިޔަލަށް ނެޓް ޒީރޯ އުޅަނދެއް ތައާރަފް ކުރުމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު ވޯލްޑް ކަޕް ކާމިޔާބުކުރި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ވަނީ އެ ބޯޓުގެ ނަން ދިނުމުގެ ރަސްމިއްޔާތުގައި ބައިވެރިވެފަ އެވެ. 

އައިކަން އޮފް ދަ ސީސް ހެދުމަށް 2 ބިލިއަން ޑޮލަރު (1.6 ބިލިއަން ޕައުންޑް) ހަރަދުވި އެވެ. އެތަނުގައި މިހާރު ހަތް ސްވިމިން ޕޫލާއި ހަ ވޯޓާސްލައިޑާއި 40 އަށް ވުރެ ގިނަ ރެސްޓޯރަންޓާއި ބާ އަދި ލައުންޖް ހުރެ އެވެ.

 އައިކަން އޮފް ދަ ސީސް ސިފަވަނީ މަލްޓިލޭއާޑް ބާތުޑޭ ކޭކެއް ފަދަ ޓަވަރުތަކެއް ގޮތަށް ގެނެސްފަ އެވެ. މަތީގައި ވާ ފްރޮސްޓިން ހަތް ސްވިމިން ޕޫލެއްގެ ސިފައިގައި ގެނެސްފައިވާއިރު،  ޓްރޮޕިކަލް ފެހިކުލަ، ފިޔާތޮށި، ނޫ އަދި އޮރެންޖް ކުލައިން ޓްވިސްޓިން ވޯޓާސްލައިޑްސްތައް އޭގައި ޤާއިމްކޮށްފައި ވއެވެ.

17،000 އަކަފޫޓުގެ މި ބޯޓުގައި މިހާރު ކަނޑުގެ އެންމެ ބޮޑު ވޯޓާ ޕާކާއި، 17 ޑެކްގެ އިތުރުން އުޅަނދުގައި ހަ ސްލައިޑާއެކު، 46 ފޫޓުގެ މީޓަރުގައި ކަނޑުގެ އެންމެ އުސް ޑްރޮޕް ސްލައިޑް ހުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ