- Advertisement -ad image

ފަތުރުވެރިންގެ ލިސްޓުގެ އެންމެ ކުރީގައި ޗައިނާ!

ad image

ގުޅުންހުރި ލިޔުންތައް

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމަށް ޗައިނާވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިދިޔަ ޖެނުއަރީ މަހުން ފެށިގެން އިއްޔެއާ ހަމައަށް ޗައިނާ އިން ރާއްޖެ އަށް ވަނީ 23،900 ޓޫރިސްޓުން އައިސްފަ އެވެ. މިއީ ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ 11 ޕަސެންޓެވެ. މިދިޔަ އަހަރު ނިމުނު އިރު ޗައިނާ އޮތީ ލިސްޓުގެ ތިން ވަނައިގަ އެވެ. އެކަމަކު، ކޮވިޑްގެ ކުރިން އެ ގައުމު އޮތީ ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ މާކެޓުގެ ގޮތުގަ އެވެ.

ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން މިއަދު އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ފެބްރުއަރީ މަހުގެ ތިން ވަނަ ދުވަހާއި ހަމައަށް ރާއްޖެއަށް 214،470 ފަތުރުވެރިން އައިސްފައި ވެއެެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާކިޔާއިރު، %13.3 ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައި ވަނީ 189،332 ފަތުރުވެރިންނެވެ.

ރާއްޖެއަށް ފަތުރުވެރިން އަންނަ ލިސްޓްގެ ދެ ވަނައިގައި އުޅޭ ރަޝިއާ އިން ވަނީ 22،000 ޓޫރިސްޓުން އައިސްފަ އެވެ. އަދި ތިން ވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ އިންޓަލީގެ ޓޫރިސްޓުންގެ އަދަދަކީ 21،000 އެވެ. ހަތަރު ވަނައިގައި އޮތް އިނގިރޭސި ވިލާތުން ރާއްޖެ އަށް 18،000 ޓޫރިސްޓުން އައިސްފައިވެ އެވެ.

މީގެ ކުރިން މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި އިންޑިއާ އޮތީ ލިސްޓުގެ ފަސް ވަނައިގައެވެ. އެ ގައުމުން ރާއްޖެއަށް އައިސްފައި ވަނީ 16،536 ފަތުރުވެރިންނެވެ.

ސަރުކާރުގެ ބަޖެޓުގައިވާ ގޮތުން މި އަހަރަށް ކަނޑައަޅާފައިވާ އަމާޒަކީ މި އަހަރު ދެ މިލިއަން ޓޫރިސްޓުން ގެނައުން ކަމަށްވީ ނަމަވެސް ޓޫރިޒަމް މިނިސްޓްރީގެ ޓާގެޓަކީ މިއަހަރު 2.3 މިލިއަން ޓޫރިސްޓުން ގެނައުމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ