- Advertisement -ad image

ހޮޓެލިއަރ މޯލްޑިވްސް އެވޯޑްސް 2024: ނޮމިނޭޝަނަށް 350 އަށްވުރެ ގިނަ ފޯމު!

ad image

ގުޅުންހުރި ލިޔުންތައް

ރާއްޖޭގެ އެންމެ ބޮޑު ހޮސްޕިޓާލިޓީ ޕަބްލިކޭޝަން، ހޮޓެލިއަރ މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބާއްވާ ހޮޓެލިއަރ މޯލްޑިވްސް އެވޯޑްސް 2024 ގެ ނޮމިނޭޝަން ވިންޑޯ ބަންދުކޮށްފިއެވެ. މި ޝަރަފުވެރި އެވޯޑް ޕްރޮގްރާމްގެ ފުރަތަމަ އަހަރު 24 ކެޓަގަރީއަކުން 350 އަށް ވުރެ ގިނަ ނޮމިނޭޝަން ލިބިފައިވާއިރު، މި ޕްރޮގްރާމަށް ވަނީ ބޮޑު ތަރުހީބެއް ލިބިފަ އެވެ.

ޖެނުއަރީ މަހުގެ 2 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށް އިންޑަސްޓްރީގެ ފަންނުވެރިން ވަނީ އެފަރާތްތަކުގެ ދައުރުގައި އާދަޔާ ޚިލާފު ހިތްވަރާއި، އިނޮވޭޝަން އަދި މޮޅުކަން ދައްކައިދީފައިވާ އެކުވެރިންނަށް ނޮމިނޭޝަން ހުށަހަޅައިފައެވެ. ނޮމިނޭޝަނަށް ހުށަހަޅާފައިވާ ދާއިރާތަކުގެ ތެރޭގައި ހައުސްކީޕިންގ އެންޑް އިންޖިނިއަރިންގ އިން ފެށިގެން ފުޑް އެންޑް ބެވަރޭޖް، ސްޕާ އެންޑް ވެލްނެސް އަދި ސޭލްސް އެންޑް މާކެޓިންގ ފަދަ ދާއިރާތައް ހިމެނެ އެވެ.

ހޮޓެލިއަރ މޯލްޑިވްސްގެ މެނޭޖިންގ އެޑިޓަރ އިބްރާހީމް މަހުދީ ވިދާޅުވީ މި އެވޯޑްތަކަށް ލިބުނު ބޮޑު ތަރުހީބުން ހަގީގަތުގައިވެސް ދައްކުވައިދެނީ ދިވެހި ހޮސްޕިޓާލިޓީ ދާއިރާގެ ތެރޭގައި ހުރި ހުނަރުވެރިކަމާއި އަމާނާތްތެރިކަން ކަމަށެވެ.

“މިހާ ގިނަ ފަރާތްތަކަކުން ފާހަގަކޮށްލެވޭ ހިދުމަތްތަކުގެ އަގު ވަޒަންކުރާތަން ފެނުމުން ވަރަށް އުފާވޭ.” – މަހުދީ

ހޮޓެލިއާއިން ވަނީ ޓޫރިޒމް އިންޑަސްޓްރީގެ ތަޖުރިބާކާރުންގެ ޕެނަލަކުން ޖަޖުކުރުމުގެ މަރުހަލާ ފަށައި، ޕާފޯމަންސް، ކާމިޔާބީ، ކަސްޓަމަރުންގެ ފީޑްބެކް އަދި އިޖުތިމާއީ ޒިންމާގެ މައްޗަށް ބިނާކޮށް ކޮންމެ ނޮމިނޭޝަނެއް ވެސް އިވެލުއޭޓް ކުރާނެ ކަމަށް ބުނެފަ އެވެ. އަދި އެވޯޑްތަކުގެ ހައްގުވެރި ފަރާތްތައް ކަނޑައެޅުމުގައި ޕަބްލިކް ވޯޓިންގެ ދައުރު ވަރަށް ބޮޑުވާނެ ކަމަށް ބުނެފައި ވެއެވެ.

ފެބްރުއަރީ މަހުގެ ފަހުކޮޅު ނޮމިނޭޓްވި ފަރާތްތައް އިއުލާނުކުރުމަށްފަހު، އެވޯޑް ދިނުމަށް ހަމަޖެހިފައިވަނީ އޭޕްރީލް މަހުގެ 25 ވަނަ ދުވަހު ބާއްވާ ގާލާ ރަސްމިއްޔާތެއް އެވެ. އޮބްލޫ އެކްސްޕީރިއަންސް އައިލަފުށީގައި ކުރިއަށްދާ މި ރަސްމިއްޔާތަކީ މުޅި ދިވެހި ހޮސްޕިޓާލިޓީ ކޮމިއުނިޓީއަށް އުފާފާޅުކޮށް، އަގުވަޒަންކޮށް، ހިތްވަރު ލިބޭ ރެއަކަށް ވެގެންދާނެ ކަމަށް ހޮޓެލިއާ އިން ބުނެއެވެ.

ހޮޓެލިއަރ މޯލްޑިވްސް އެވޯޑްސް 2024 ގެ ސަބަބުން ދިވެހި މެހުމާންދާރީގެ މިންގަނޑުތައް މިހާރަށްވުރެ ވެސް އުސްމިންތަކަކަށް އުފުލިގެން ދާނެކަމަށް އެ ފަރާތުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ